ތުރުކީއަށް މީގެ ކުރިންވެސް މިފަދަ ބޮޑު ބިންހެލުންތައް އައިސްފައިވެއެވެ. އެގޮތުން 1999 ގައި ތުރުކީ އިޒްމީރަށް އަށް އާ ބިންހެލުމުގެ ސަަބަބުން އެފަހަރުވަނީ 17،000 އެއްހާ މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިންހެލުމުގައި ތުރުކިީއަށް ބޮޑެތި ގެއްލުންތަކެއްވެ، ބައެއްގެ ފުރާނަ ގެއްލިފައިވާތީ އެކަމަށްޓަކައި ތައުޒިއާ ވިދާޅުވާކަމަށެވެ.
ތުރުކީގެ އޭގަން ސީ އަށް އާ އެބިންހެލުން އައިސްފައިވަނީ 7.0 މެގެނެޓިއުޑްގެ ބާރުމިނުގައި ތްރުކީގެ ހުޅަގުން އޮންނަ އިޒްމީރުގެ ބޭރަކްލި އަވަށަށެވެ. އޭގަން ކަނޑުގެ 16 ކިލޯމީޓަރު އަޑިންއައި އެ ބިންހެލުމުގެ ސަަބަބުން އެ ސަރަހައްދަށް ވަނީ ސުނާމީއެއް އެއްވެސް އައިސްފައެވެ.
ބޭރުގެ ރިޕޯޓްތައް ބުނާގޮތުން ބިންހެލުމުގެ ސަބަބުން މީހާތަަނަށް 120 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު 20 އިމާރާތެއްވެސް ވަނީ ބިމާ ހަމަވެފައެވެ. އަދި މިހާތަނަށް ބިންހެލުމުގެ ސަބަބުން އިމާރާތް ދަށުވެގެންނާއި ސުނާމީގެ ސަބަބަުން ގެބިގެން ހަތަރު މީހަކަު ވަނީ މަރުވެފައެވެ.
ވީޑިއޯތަަކުން ފެންނަ ގޮތުގައި އިޒްމިރްގެ ކަނޑު އެއްކޮށްވަނީ ހިދިފައެވެ. އަދި މޫދުގައި އަޅާފައިވާ ބޯޓުތައްވެސް ވަނީ ފެންގަނޑު ހިދުމުގެ ސަބަބަުން އަރިއަޅާލާފައެވެ.
ބިންހެލުމާއިއެކު 15 ސިކުންތައް އިމާރާތްތައް ގުޑުނުކަމަށާއި އެޔާއިއެކު އާއްމުން ދުވެ މަގުމަށްޗަށް ނިކުމެ އާއިލާތަކަށް ގުޅުމަށް މަސައްކަތްކުރަމުން ދިޔަކަކަމަށް މަންޒަރު ދުއް މީހުން ބުނެއެވެ. އަދި ދެވަނަ ގުޑުމެއް އަސްދާނެކަމުގެ ބިރު ހީވުމުގެ ސަބަބުން މީހާރުވެސް ގިނަ ބަޔަކު ތިބީ މަގުމަތީގައި ކަމަށް ބުނެއެެވެ.
ތުރުކީގެ ރައީސް ތައްޔިބު އުރުދުގާން ބުނީ މި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ފަރާތަކަށާއި ލިބެމުންދާ ގެއްލުންތަކަށް ސަރުކާރުގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެމުންދާކަމަށެވެ.
ތުރުކީއަށް މީގެ ކުރިންވެސް މިފަދަ ބޮޑު ބިންހެލުންތައް އައިސްފައިވެއެވެ. އެގޮތުން 1999 ގައި ތުރުކީ އިޒްމީރަށް އަށް އާ ބިންހެލުމުގެ ސަަބަބުން އެފަހަރުވަނީ 17،000 އެއްހާ މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.