ads
އާލިއާ އާއި ބުވަން---
އާލިއާ އާ ވައްތަރު ފިރިހެނަކު ފެނިއްޖެ
ބޮލީވުޑުގެ ބަތަލާ އާލިއާ ބަޓް އާ ވައްތަރު ފިރިހެނަކު ފެނިއްޖެއެވެ.
ބޮލީވުޑުގެ ބަތަލާ އާލިއާ ބަޓް އާ ވައްތަރު ފިރިހެނަކު ފެނިއްޖެއެވެ.

އާލިއާ އާ ވައްތަރު ކަމަށް ބުނާ ފިރިހެން މީހަކީ އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި ލަވަކިޔުންތެރިޔާ ބުވަން ބަމްއެވެ. އާލިއާ އާއި ބުވަން އާ ވައްޔަރު ކަމަށް ބުނެފައިވަނީ ބުވަން ދާދި ފަހުން ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.

އެފޮޓޯ ހިއްސާކުރުމަށްފަހު ބުވަން ވަނީ އާލިއާ ކައިރި ކޮފީއަކަށް ދިއުމަށް އެދިފައެވެ. ސަބަބަކީ އާލިއާ އާ ވައްތަރު ކަމުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ގިނަ ބަޔަކު ވަނީ ހަގީގަތުގައި ވެސް ދެމީހުން ވައްތަރު ކަމަށް ބުނެފައެވެ. އަދި އާލިއާ ތުނބުޅި އަދި މަތިމަސް ހުރި ނަމަ ޖަހާނީ އެވައްތަރު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.


ކަރަން ޖޯހަރުގެ ސްޓޫޑަންޓް އޮފް ދަ އިޔާ އިން 2012 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި، އާލިއާއަކީ ބޮލީވުޑުގައި މިވަގުތު ހުރި އެންމެ ކާމިޔާބު ޒުވާން ބަތަލާ އެވެ.

މިހާރު އޭނާ އަންނަނީ އަޔާން މުކަރުޖީގެ ކުރިއަށް އޮތް ފިލްމު "ބްރަހްމަސްތުރާ" ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމަކީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު އޭނާ ފެނިގެންދާނެ ފުރަތަމަ މަސައްކަތެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް