ads
ކްރިސްޓިއާނޯ ރޮނާލްޑޯ--
ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑުން ރަނގަޅު ވެއްޖެ
ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑުން ރަނގަޅު ވެއްޖެ އެވެ. މިކަން ހާމަކޮށްފައި ވަނީ ޔުވެންޓަސްއިން ނެވެ.

ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑަށް، ރޮނާލްޑޯ ޕޮޒިޓިވްކަން އެނގުނީ ޔުއެފާ ނޭޝަންސް ލީގުގައި ކުޅުމަށް ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމާ އެކު ހުއްޓަ އެވެ. އެއީ މި މަހުގެ މެދު ތެރެ އެވެ. 

އެކަމާ ގުޅިގެން ވިއްސަކަށް ދުވަހަށް އޭނާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. އަދި މި މުއްދަތުގެ ތެރޭގައި ގައުމީ ޓީމުގެ މެޗަކާއި ކްލަބުގެ ހަތަރު މެޗު ރޮނާލްޑޯއަށް ގެއްލުނެވެ. 

އޭގެ ތެރޭގައި ހުސްވި ހަފުތާ ތެރޭ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަތުން ޔުވެންޓަސް ބަލިވި މެޗު ވެސް ހިމެނެ އެވެ.

ޔުވެންޓަސް އިން ބުނީ ރޮނާލްޑޯގެ ނެގެޓިވް ނަތީޖާއެއް ލިބިފައިވާ ކަމަށާއި އަދި އޭނާ މިހާރު ޓީމާ އެކު ފަތިތަކުރަމުން އަންނަ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މާދަމާ ރޭ އިޓަލިއަން ލީގުގައި ޔުވެންޓަސް ކުޅޭ މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް