ads
ކަޑިންމަ މޯލްޑިވްސް--
ކަންޑިންމަ ރިސޯޓް މޮނިޓަރިންއަށް: ރިސޯޓްތަކުން ޕޮޒިޓިވްވި މީހުުންގެ އަދަދު 166 އަށް
ކަންޑިމަ މޯލްޑިވްސް ރިސޯޓްގެ މުވައްޒަފެއް ކޮވިޑްޖެހިގެން މަރުވުމާއި ގުޅިގެން އެ ރިސޯޓް މޮނިޓަރިންއަށް ލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކަންޑިންމަ ރިސޯޓުން އިއްޔެ ހަވީރުގެ ވަގުތެއްގައި ބަލީގެ އަލާމާތްތަކެއް ހުރެގެން ދ. އަތޮޅު ހޮސްޕިޓަލްއަށް ގެންދިޔަ ދިވެހި މުވައްޒަފެއް ރޭ 09:45 ގައި މަރުވެފައިވާކަމަށެވެ. 

އެ ކޭސްއާއި ގުޅިގެން އެ ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ތަކެއް ނެގިފައިވާ ކަމަށާއި މާދަމާވެސް ދ. އަތޮޅު ހޮސްޕިޓަލް ގެ ފަރާތުން ޓީމެއް އެ ރިސޯޓަށް ގޮސް ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއިން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ރިސޯޓްތަކުން ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 35 އަރާފައެެވެ. އަދި ރިސޯޓްތަކުގައި މަސައްކަަތްކުރާ 81 މުވައްޒަފަކަށް ކޮވިޑް ޖެހިފައިވާއިރު މިހާތަނަށް 27 ރިސޯޓަކުން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުން ފެނިފައެވެ. އަދި ޖުލައި 15 ގައި ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރިސޯޓްތަކުން ކޮވިޑް ޖެހުނު މީހުންގެ އަދަދު އުޅެނީ 166 ގައެވެ.

މިއަދަދު މައްޗައް އަރާފައިމިވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ރިސޯޓްތަަށްވެސް ހުޅުވާލިތާ ފަސް މަސް ފަހުންނެވެ. ބޯޑަރު ހުޅުވާލުމަށްފަހު ރިސޯޓްތައް ހުޅުވާލި ފަހުންވެސް ކޮވިޑް-19 ގެ އަދަދުތައް ގިނަ ދުވަސްތަކަކަށް ހިފެހެެއްޓިފައި ހުރިކަން ފާހަގަކުރިފައިވެއެވެ.  

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރުވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްގުގައި ވަކާލާތު ކުރާ ޓީމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ޓީމްގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރް މިދިޔަ ހަފްތާގައި ސީއެންއެމަށް ވިދާޅުވީ ރިސޯޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ނުކުރެވޭ ކަމަށެވެ.  

އުސޫލާ އެއް ގޮތަށް އަމަލުކުރާ ނަމަ، ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ފުރުސަތު ކުޑަވާނެ ކަމަށާއި ހުރިހާ ރިސޯޓުތަކަށް ވެސް އެ އުސޫލުތައް ހިއްސާކޮށްފައި ވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާއިރު، އޭގެ ތެރޭގައި މުވައްޒަފުން ހިމެނޭ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ލިބިފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް 31،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފަވެއެވެ.   

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ފިޔަވައި އެހެން ރަށްރަށުގެ ގެސްޓްހައުސްތައް މިމަހުގެ 15 ވަނަ ދުވަހު އަލުން  ހުޅުވާލާފައިވާއިރު ރާއްޖޭގެ ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ރިސޯޓު އަދި ސަފާރީގައި ވެސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުދޭން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ ދެހާހަށް އަރާފައެވެ.

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް