ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ދެ އަހަރު ތެރޭ 80 އަށް ވުރެ ގިނަ މަޝްރޫއު ނިންމައިފި!
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމަކީ ރައްޔިތުންނަށް އުއްމީދުން ފުރިގެންވާ ވެރިކަމެކެވެ. އަދި ރައްޔިތުން މާޔޫސްވެ ގޮތް ހުސްވާން ނުޖެހޭނެ ކަން ރައީސް ސޯލިހްގެ ސަރުކާރުން އަންނަނީ ސާބިތުކޮށް ދެއްވަމުންނެވެ. ކޮވިޑް-19 ގެ މި ދަތި ހާލަތުގައި ވެސް ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާލުމުން އެކަން އެނގި ހާމަވެގެންދެ އެވެ.

ރާއްޖޭގެ ރައްޔިތުންގެ ހާދިމެއްގެ ހައްިސިއްޔަތުން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ ކަމުގެ ހުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވިތާ ދެ އަހަރު ވާން ދާއިރު ތަރައްގީގެ ނާރެހުގައި ރާއްޖެ އޮތް ހިސާބު ބަލާލުން މުހިއްމެވެ. 

ޔަގީން ވަނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުމުގެ ދުރުވިސްނުންފުޅާއި މަގު ޗާޓު ރައީސް ސޯލިހްގެ ވެރިކަމުގައި ގެންގުޅުއްވާ ކަމެވެ. ކޮވިޑްގެ ހާލަތުގައި ވެސް އޭރު ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ރައީސް ސޯލިހް ދެއްވުމުން އެކަމުގެ ތެދުކަން ހާމަވެގެން ދެއެވެ. 

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕެއިންގައި ރާއްޖޭގެ ގިނަ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގައި ރައްޔިތުންނަށް ބޭނުން ޖެހިފައިވާ ކަންކަން ފުއްދަވައި ދެއްވާނޭ ކަމުގެ ޔަގީންކަން ދެއްވި އެވެ. އެގޮތުން އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނިންމަވާނޭ މުއްދަތު ވެސް އެމަނިކުފާނު ދެއްވި އެވެ. ރައީސް ސޯލިހްގެ އެންމެ ބޮޑު އެއް ބޭނުންފުޅަކަށް އޮތީ ރާއްޖޭގެ ހުރިހާ ރަށަކަށް އެންމެ ފުރިހަމަ ގޮތުގައި އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރެވޭނޭ މަގު ތަނަވަސް ކުރުމެވެ. 

އެގޮތުން ރައީސް ސޯލިހް ވެލައްވާފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުގެ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންނަނީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ބުރަކޮށް މަސައްކަތް ކުރަމުންނެވެ. 

ނަތީޖާ އަކީ މި ވަގުތުވެސް 47 ތަރައްގީގެ މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީން ކުރިއަށް ގެންދާއިރު، މިވީ ދެ އަހަރުގެ ތެރޭގައި 81 ތަރައްގީގެ މަޝްރޫއެއް އެމްޓީސީސީން ނިންމާފައި އޮތުމެވެ. 

އެގޮތުން ދެ އަހަރުގެ ތެރޭގައި އެމްޓީސީސީން އެކި ރަށްރަށުގައި ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ބަނދަރުތައް ތަރައްގީ ކުރުމުގެ މަސައްކަތްތަކާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތްތަކުގެ އިތުރުން މަގު ހެދުމުގެ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. 

2018 ވަނަ އަހަރުން 2020 އަހަރުގެ މިހާތަނަށް އެއް އަތޮޅަކުން އެންމެ ގިނަ މަޝްރޫއުތައް އެމްޓީސީސީން ނިންމާފައި ވަނީ ގދ. އަތޮޅުގަ އެވެ. ގދ އަތޮޅުގައި އެކަނިވެސް 13 މަޝްރޫއުއެއް އެމްޓީސީސީން މިވީ ދެ އަހަރުގެ ތެރޭގައި ނިންމާފައިވެ އެވެ. ދެން އެންމެ ގިނަ މަޝްރޫއު އެއް އަތޮޅަކުން ނިންމާފައި ވަނީ ރ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ހަތް މަޝްރޫއުއެއް މި ނިމުނު ދެ އަހަރުގެ ތެރޭގައި ނިންމާފައި ވާއިރު، މީގެ އިތުރުން ވެސް ހއ. ތުރާކުނުން ފެށިގެން ސ. ގަމާއި ހަމައަށް ރާއްޖޭގެ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ. 

މިކަންކަމުން ވެސް ހާމަވެގެން މިދަނީ ރައީސް ސޯލިހްގެ ވެރިކަމުގައި ރައްޔިތުންގެ މުހުތާދުތައް ފުއްދުމަށް އެމަނިކުފާނު ހުއްޓުމެއް ނެތި މަސައްކަތް ކުރައްވާނޭ ކަމެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަކީ ހަމައެކަނި މާލެ ސަރަހައްދަށް އޮތް އެއްޗަކަށް ނުހަދާ، ރާއްޖޭގެ ހުރިހާ ސަރަހައްދުތައް ވެސް ތަރައްގީ ކުރުމަށް އެމަނިކުފާނުގެ ވިސްނުންފުޅު ހާމަވެގެންދެ އެވެ. 

86%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް