ads
ޝަންގްރިއްލާ ރިސޯޓް-- ފޮޓޯ: އަގޯޑާ
ރިސޯޓުތަކުގައި ކޮވިޑް އިތުރު ވާތީ ކަންބޮޑުވުން ފާޅުކޮށްފި
ރިސޯޓްތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރު ވާތީ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން 26 ރިސޯޓަކުން މިހާތަނަށް 109 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އޭގެ ތެރެއިން 82 މީހުންނަކީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. އެއީ ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ 75 އިންސައްތަ އެވެ. 

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރުވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ހައްގުގައި ވަކާލާތު ކުރާ ޓީމް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ޓީމްގެ ސެކެޓްރީ ޖެނެރަލް މައުރޫފް ޒާކިރް މިދިޔަ ހަފްތާގައި ސީއެންއެމަށް ވިދާޅުވީ ރިސޯޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ނުކުރެވޭ ކަމަށެވެ. 

ކޮވިޑާ ގުޅިގަން ބަންދުކުރި ރިސޯޓުތައް އަލުން ހުޅުވަމުން ދަނީ އެޗްޕީއޭގެ ވަކި މިންގަނޑަކާ އެއް ގޮތަށެވެ. 

އުސޫލާ އެއް ގޮތަށް އަމަލުކުރާ ނަމަ، ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ފުރުސަތު ކުޑަވާނެ ކަމަށާއި ހުރިހާ ރިސޯޓުތަކަށް ވެސް އެ އުސޫލުތައް ހިއްސާކޮށްފައި ވާނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ރިސޯޓުތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާއިރު، އޭގެ ތެރޭގައި މުވައްޒަފުން ހިމެނޭ މައްސަލާގައި ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ލިބިފައެއް ނުވެ އެވެ.

މިހާތަނަށް ރާއްޖެއިން އިން 11،643 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، 10،779 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 37 މީހުން ކޮވިޑްގައި މަރުވެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް