ads
ޓެއިލާ ސްވިފްޓް--
ޓެއިލާ ސްވިފްޓްގެ ލަވައެއް ބައިޑެންގެ ކެމްޕޭނުގައި ބޭނުންކޮށްފި
އެމެރިކާގެ ރިޔާސީ އިންތިހާބުގެ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެންގެ ކެމްޕޭނަށް ޓެއިލާ ސްވިފްޓުގެ "އޮންލީ ދަ ޔަންގް" ލަވަ ބޭނުން ކުރުމުގެ ހުއްދަ ދީފި އެވެ.

އެ ލަވަ ބޭނުންކޮށްފައި ވަނީ ބައިޑެން އާއި ރަނިންމޭޓް ކަމަލާ ހެރިސްއަށް ތާއީދު ހޯދަން ތައްޔާރު ކުރި ކެމްޕޭން އިޝްތިހާރެއްގަ އެވެ. މިދިޔަ ހުކުރު ދުވަހު އެ އިޝްތިހާރު ވަނީ ޕޯސްޓުކޮށްފަ އެވެ. 

ކެލިފޯނިއާގެ ޑިމޮކްރެޓިކް ރެޕްރެޒެންޓޭޓިވް އެރިކް ސްވެލްވެލް ފެނިގެން ދިޔަ އިޝްތިހާރުގައި ވަނީ ލަވައިގެ ލިރިކްސް އިން ބައިތަކެއް ބޭނުންކޮށްފަ އެވެ. އިދިކޮޅު ޑިމޮކްރެޓުން އެ ލަވަ ބޭނުން ކުރަނީ ޒުވާނުންގެ ވޯޓު ހޯދުމަށެވެ. 

"އޮންލީ ދަ ޔަންގް" އަކީ 2018 ވަނަ އަހަރު ލިޔުނު ލަވަ އެކެވެ. ނެޓްފްލިކްސްގައި ޕްރިމިއާ ކުރަމުންދާ ޓެއިލާ ސްވިފްޓްގެ ޑޮކިޔުމެންޓްރީ "މިސް އެމެރިކާނާ" ގައި މި ލަވަ ހިމެނެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް