ads
އިރާ ހާން--
އާމިރް ހާންގެ ދަރިފުޅުގެ "ހެލޮވީން ލުކް" ކަމުދޭތަ؟
އާމިރް ހާންގެ ދަރިފުޅު އިރާ ހާން އަކީ އޭނާގެ ހިތްގައިމް އިންސްޓަގްރާމް ޕޯސްޓްތަކުން އެތައް މިލިއަން ފޮލޯވަރުންނެއް ސޯޝަލް މީޑިއާގައި ގެންގުޅޭ މީހެކެވެ.

ކުރާ ވޯކްއަޓްތަކުން ފެށިގެން ދުވަހުގެ ހުރިހާ ކަމެއް އިންސްޓަގަރާމްގައި ހިއްސާކުރަމުންދާ އިރާ މި ވަނީ އޭނާގެ ހެލޮވީން ލުކް ވެސް އިންސްޓްގްރާމްގައި ހިއްސާކޮށްފަ އެވެ. އިރާގެ ހެލޮވީން ލުކްގައި ވަނީ އޭނާގެ މޭކަޕް ޓެލެންޓް ދައްކާލާފަ އެވެ.

your imageއިރާ ހާން ގެ ހެލޮވީން ލުކް

އެ ލުކް ހިއްސާކުރަމުން އިރާ ބުނެފައި ވަނީ ހެލޮވީންއަކީ އިންޑިއާގައި ފާހަގަކުރާ ދުވަހެއް ނޫން ކަަމަށް ވިޔަސް އަތުގައި އޮންނަ ރީތި ހެދުމެއް ލައި ތަންކޮޅެއް ތަފާތުވެލުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އިރާ ބުނީ ކުޑަކުދިން ބިރުގަންނުވާ، މެޓާ ބަހާ ހަދަން ވެސް ވަރަށް ބޭނުންވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އެކަން އެހެން ނުވާތީ ގޭގައި ހެލޮވީން ފާހަގަކޮށްލުމަކީ ވެސް މަޖާ ކަމެއް ކަމަށެވެ. 

މަޝްހޫރް އެކްޓަރު އާމިރު ހާންގެ ދަރިފުޅު އަދި ބޮލީވުޑަށް ނިކުމެފައެއް ނުވެ އެވެ. އާންމުކޮށް ތަރިންގެ ދަރިން ފިލްމީ ދާއިރާއިން ކުރިއަރުވަން އެމީހުންގެ މައިންބަފައިން ވެސް އެހީވެ އެވެ. 

ފިލްމުތައް ޕްރޮޑިއުސް ކުރާ ނުވަތަ ޑައިރެކްޓް ކުރާ ގާތް އެކުވެރިންނާއި ވާހަކަ ދައްކައިގެން ދަރިންނަށް ފިލްމުތަކުގެ ލީޑު ރޯލު ހޯދައި ދިނުން ފަދަ ކަންކަން ވެސް ކުރިއަށް ދެއެވެ.

ނަމަވެސް އާމިރު ބުނީ، ބޮލީވުޑަށް ނުކުންނަން ބޭނުން ނަމަ، އެމީހަކު އަމިއްލައަށް މަސައްކަތް ކޮށްގެން އެ މަގު ހޯދަންވީ ކަމަށެވެ. އަދި އެ ކުދިންނަށް އޭނާގެ ފިލްމަކުން ވިޔަސް ފުރުސަތު ދޭނީ އެމީހުން އެ ރޯލަށް ފިޓްވާ ނަމަ ކަމަށް ބުނެފައި ވެއެވެ. 

ދެހާސް ދެވަނަ އަހަރު އާމިރާއި ރީނާގެ ކައިވެނި ނިމުމަކަށް އައިއިރު އާމިރު ވަނީ 2005 ވަނަ އަހަރު ޕްރޮޑިއުސަރު ކިރަން ރާއޯއާ ކައިވެނި ކޮށްފަ އެވެ. ފުރަތަމަ ކައިވެންޏަށް ލިބިފައި ވަނީ އިރާ އާއި ޖުނައިދް އެވެ. ދެވަނަ ކައިވެންޏަށް ވެސް ފިރިހެން ކުއްޖަކު ވަނީ ލިބިފަ އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް