ads
ފޮޓޯ:އެޑިޝަން
މިއަދުން ފެށިގެން ނުރަސްމީ ގަޑީގައި ވެސް ކައިވެނި ކޮށްދޭން ނިންމައިފި
ކޮވިޑް-19 އާ ގުޅިގެން ހަމައެކަނި ރަސްމީ ގަޑީގައި ކައިވެނި ކޮށްދޭ ގޮތަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސް މިއަދުން ފެށިގެން ކުރިއެކޭ އެއް ގޮތަށް ނުރަސްމީ ގަޑީގައި ވެސް ކައިވެނި ކޮށްދިނުމަށް ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ކައިވެނި ކޮށްދެމުން އައީ ހަމައެކަނި ރަސްމީ ގަޑިތަކުގައި އޮންލައިން ކޮށެވެ. ނަމަވެސް ކުރިއެކޭ އެއް ގޮތަށް ނުރަސްމީ ގަޑީގައި ވެސް ކައިވެނި ކޮށްދިނުމަށް މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ފެމިލީ ކޯޓު ގާޒީންގެ އާއްމު މަޖިލީހުން ވަނީ ނިންމާފަ އެވެ.

އެގޮތުން ނުރަސްމީ ގަޑީގައި ކައިވެނި ކޮށްދޭނީ ރޭގަނޑު ނުވައަކާއި ހަމައަށް ކަމަށާއި އަދި ނުރަސްމީ ގަޑީގައި ކުރާ ކައިވެނީގައި ނަގާނީ މީގެ ކުރިން ވެސް ނުރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކައިވެނީގައި ނަގަމުން އަންނަ ފީ ކަަމަށް ފެމިލީ ކޯޓުން ބުނެ އެވެ. މި ބަދަލު ގެނައި ނަމަވެސް ކައިވެނީގެ މަޖިލިސްތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ފެމިލީ ކޯޓުން ބުނެ އެވެ. 

ފެމިލީ ކޯޓުން ބުނީ އެ ބަދަލު ގެނައީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުންގެންދިއުމާއެކު ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް