ads
ކަނޑިންމަ ރިސޯޓް--
ކަނޑިންމަ ރިސޯޓުން 17 މީހުން ޕޮޒިޓިވް ވެއްޖެ
ކަނޑިންމަ ރިސޯޓުން 17 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްއީއޯސީ އިން ބުނެފައިވަނީ ކަނޑިންމަ ރިސޯޓް އިން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލް އެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. 

އެރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް ކުރިޔަށް ދާކަމަށާއި، އަދި ކޮންޓެކްޓް ޓްރޭސިންގް އާއި އިތުރު ސާމްޕަލް ނެގުމުގައި ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެޗްއީއޯސީން މައުލޫމާތުދީފައިވެ އެވެ. 

އިއްޔެ ހަވީރުން ފެށިގެން ކަނޑިންމަ ރިސޯޓަށް މީހުން އަރާ ފޭބުން އެޗްއީއޯސީން ވަނީ މަނާކޮށްފަ އެވެ. 

އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރު ވެރިންނަށް ފުރައިގެންދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީ.ސީ.އާރް ޓެސްޓް ހެދުމަށްފަހު ނެގެޓިވް ވުމުން ކަމަށްވެސް އެޗްއީއޯސީން މައުލޫމާތުދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް