ads
ރިއަލް މެޑްރިޑްގެ ހަޒާޑް
އަހަރެއް ފަހުން ހެޒާޑުގެ ގޯލަކާ އެކު ރިއާލް އެއްވަނައަށް
އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އެޑަން ހަޒާޑް ރިއާލް މެޑްރިޑަށް ޖަހައިދިން ގޯލާ އެކު ޓޭބަލްގެ އެއްވަނައަށް ރިއާލް މެޑްރިޑް އަރައިފި އެވެ. ހޮނިހިރު ދުވަހުގެ ރޭ ހަޒާޑްގެ ގޯލަކާ އެކު ރިއާލް މޮޅުވީ ހުއެސްކާ އަތުން ހަތަރު ލަނޑު އެއް ލަނޑުންނެވެ.

ހުއެސްކާ އަތުން ހޯދި ބޮޑު މޮޅާ އެކު ރިއާލް މެޑްރިޑް އެއްވަނައަށް އެރީ ސޯޅަ ޕޮއިންޓާ އެކު އެވެ. އެއީ ހަތް މެޗުންނެވެ. 

ހޮނިހިރު ދުވަހުގެ ރޭގެ މެޗުގައި ރިއާލްއަށް އެންމެ ފުރަތަމަ ކުރި ހޯދައިދިނީ ފުރަތަމަ ހާފުގެ ފަހުކޮޅު ހަޒާޑު އެވެ. މިއީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން ހަޒާޑް ޖެހި ފުރަތަމަ ގޯލެވެ. 

އެކަމަކު އެ މުއްދަތުގެ ތެރޭގައި ގިނައިން ހަޒާޑު ހުރީ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. ރިއާލްގެ ދެވަނަ ގޯލް ޖަހައިދިނީ ކަރީމް ބެންޒެމާ އެވެ. ތިންވަނަ ގޯލް ފެޑޭ ވަލްވޭޑޭ ޖެހިއިރު ފަހު ގޯލަކީވެސް ބެންޒެމާގެ ގޯލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް