ads
ހައިކޯޓް--
ފެނަކައަށް 17.8 މިލިއަން ދިނުމަށް ހުކުމް ކުރީ ރަނގަޅަށް: ހައިކޯޓު
ފެނަކަ ކޯޕަރޭޝަނަށް 17.8 މިލިއަން ރުފިޔާ ދެއްކުމަށް ޝަރޫ ލޯންޗް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.

ފެނަކައިން އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސްއަށް ދިން 17 މިލިއަން ރުފިޔާ ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓާފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހު އެވެ. 

ސިވިލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމްގައި ބުނެފައިވަނީ، އެފައިސާއަކީޝަރޫއިން ފެނަކައަށް ދޭންޖެހޭ ފައިސާކަން ޝަރީއަތަށް ސާބިތުވާ ކަމަށާއި، އެހެން ކަމުން އެ ފައިސާ ހަތަރު މަހަށް ބަހާލައިގެން ދެއްކުމަށެވެ. 

ޝަރޫ ލޯންޗް ސާވިސްގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު، އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެ 17 މިލިއަން ރުފިޔާއަކީ ފެނަކައަށް އަނބުރާ ލިބެންޖެހޭ ފައިސާކަން އިނގޭ ކަމަށާއި، ޝަރޫގެ ފަރާތުން އެ ފައިސާ ފެނަކައަށް ދައްކާފައި ނުވާކަން އިނގެން އޮންނަ ކަމަށެވެ. އަދި ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭފަ ކަމެއްވެސް ނެތްކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ. 

ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ނިޔާޒް ހިމެނޭގޮތަށް ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް