ads
ޕްރިޔަންކާ އަދި ނިކް--
ނިކް އުޅެނީ ޕްރިޔަންކާ "މިސް" ވާތީ
ކޮވިޑް-19 އާ ގުޅިގެން ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް އެކުގައި ލޮކްޑައުންގައި ވަގުތު ހޭދަކުރަމުން ދިޔަ ގޮތް އެމީހުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ.

ނަމަވެސް މިހާރު ޕްރިޔަންކާ ހުރީ "މެޓްރިކްސް 4" ގެ ޝޫޓިންއަށް ޖަރުމަނުގަ އެވެ. އެއާއެކު ނިކް މި ވަނީ ޕްރިޔަންކާ އާއެކު ނަގާފައިވާ ފޮޓޯއެއްގެ ހަނދާންތައް އާ ކޮށްފަ އެވެ.

އިއްޔެ ނިކް އާއްމު ކުރި ތްރޯބެކް ފޮޓޯ އާއެކު ބުނެފައި ވަނީ ޕްރިޔަންކާ ފަދަ އަތްބެއް ލިބުމަކީ އޭނާގެ ނަސީބު ކަމަށެވެ. އަންހެނުން "މިސް" ވާތީ ނިކް އުޅޭކަން އެނގުމާއެކު ޕްރިޔަންކާ ވެސް ވަނީ އެނބުރި އަންނަ ކަން ހާމަކޮށްފަ އެވެ.

ޕްރިޔަންކާގެ އިންސްޓަގްރާމް ސްޓޯރީއަށް ލީ ފޮޓޯ އަކާއެކު އޭނާ ބުނީ މިހާރު މި ދަނީ ގެއަށް ކަމަށެވެ. ޕްރިޔަންކާ އާއި ނިކް ސެލެބްރިޓީ "ކަޕްލް" ތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ޖޯޑެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް