ads
އަޒުރު އެއާލައިންގެ ފްލައިޓެއް-- ފޮޓޯ: ރަޝިއާ ބިޒްނަސް
އަޒުރު އެއާލައިން އިން ރާއްޖެއަށް ދަތުރުތައް ފަށަނީ
އަޒުރު އެެއާލައިން އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.

އެ އެއާލައިން އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ރަޝިއާގެ މޮސްކޯއިންނެވެ.

މިއަހަރުގެ ފިނިމޫސުމާއި ދިމާކޮށް ފަށާ އެދަތުރުތައް ބާއްވާނީ ހަފްތާއަކު އެއް ފަހަރު ކަމަށް އެއާލައިންއިން ބުނެއެވެ. އެއީ ހަފްތާގެ ހޮނިހިރު ދުވަހު އެވެ. 

އަޒުރު އެއާލައިންގެ ފްލައިޓްތައް ރާއްޖެއަށް އާއްމުކޮށް ބާއްވަމުން އަންނަނީ ކޮންމެ އަހަރެއްގެ ފިނި މޫސުމާއި ދިމާކޮށެވެ. އެގޮތުން މިދިޔަ އަހަރުގެ ފިނި މޫސުމާއި ދިމާކޮށްވެސް އެ އެއާއިން ވަނީ ޗާޓާ ފްލައިޓްތަކެއްވެސް ރާއްޖެއާއި ދެމެދު ބާއްވާފައެވެ.

ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު އަލުން ހުޅުވާލުމާއިއެކު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ އެއް ގައުމަކީ ރަޝިއާއެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބޯޑަރު ހުޅުވާލިފަހުން އެ ގައުމުން ރާއްޖޭއަށް އައި ފަތުރު ވެރިންގެ އަދަދު އުޅެނީ 11,240 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް