ads
ނޭމާ
އަނިޔާވެ ނޭމާ ދެ ހަފުތާއަށް ކުޅުމާ ދުރަށް
ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ޕީއެސްޖީގެ ނޭމާއަށް މަދުވެގެން ދެ ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ނޭމާއަށް އަނިޔާވީ މިދިޔަ ހަފުތާ ތެރޭ އިސްތަންބޫލް ބަސަކްޝެހިރްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ނޭމާއަށް އަނިޔާވެ ދެ ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމުން އެ މުއްދަތުގެ ތެރޭގައި ކްލަބުގެ މެޗުތަކުގެ އިތުރުން ގައުމީ ޓީމުގެ ބައެއް މެޗުވެސް ގެއްލޭނެ އެވެ. އެއީ ވޯލްޑްކަޕް ކޮލިފައިންގައި ވެނެޒުއޭލާއާ ދެކޮޅަށް ކުޅޭ މެޗާ އުރުގުއޭއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުތަކެވެ. 

ކްލަބު މެޗުތަކުގެ ތެރެއިން ފްރެންޗު ލީގުގެ ބައެއް މެޗުތައް ނޭމާއަށް ގެއްލުނު ނަމަވެސް ޗެމްޕިއަންސް ލީގުގެ މެޗުތައް ފެށުމުގެ ކުރިން ނޭމާގެ އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމަށް އާދެވޭނެ ކަމަށް ބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް