ads
އީސީގެ މެމްބަރުން-- ފޮޓޯ: ޓްވިޓާ
އިންތިހާބުގައި ލިބޭ ވޯޓަށް ބަލާފައި ޕާޓީތަކަށް ފައިސާ ދޭން އިސްލާހެއް
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ލިބޭ މިންވަރަށް ބަލައި ފައިސާ ދިނުމުމާއި މެދު ސިޔާސީ ޕާޓީތަކުން ދެކޭ ގޮތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕާޓީތަކަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ލިބޭ މިންވަރަށް ބަލައި ފައިސާ ދިނުމުމާއި މެދު ސިޔާސީ ޕާޓީތަކުން ދެކޭ ގޮތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕާޓީތަކަށް ފޮނުވައިފި އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ރަޖިސްޓްރީވި ކަމުގެ ލިޔުން ހަވާލު ކުރުމަށް މިއަދު ބޭއްވި ހަފްލާގައި އީސީގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ދައުލަތުން ޕާޓީތަކަށް ފައިސާ ދޭއިރު، މެމްބަޝިޕަށް ބެލުމުގެ ބަދަލުގައި އެހެން ގޮތްތަކެއް ވެސް ހޯދަން ޖެހޭ ކަމަށެވެ.

އެގޮތުން މަޖިލިސް އިންތިހާބުގައި ވޯޓު ލިބޭ ވަރަށް ބެލުމަށް ފަހު ފައިސާ ދިނުމާއި މެދު ޕާޓީތަކުން ދެކޭ ގޮތެއް ހޯދަން ހުށަހަޅާފައި ވާއިރު، އެ އިސްލާހު ވަރަށް އަވަހަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ހުޅުވާނެ އެވެ.

އެ އިސްލާހުގެ އިތުރުން ޕާޓީތަކުގެ މެމްބަޝިޕް މަދު ނަމަވެސް އިދާރީ ހިންގުމަށް ވަކި މިންވަރެއްގެ ފައިސާ ޕާޓީތަކަށް ދިނުމަށް ވެސް އީސީން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ނަމަ، ފައިސާ ލިބެނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓު ފާސް ކުރާއިރު، 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް، މެމްބަރުންގެ ނިސްބަތުންނެވެ. އެއަށްވުރެ މަދު މެމްބަރުން ތިބޭ ޕާޓީތަކަށް ފައިސާއެއް ނުލިބެ އެވެ.

މިހާރު މެމްބަޝިޕް ހުރި މިންވަރަށް ބަލާއިރު، 10،000 މެމްބަރުން ހަމަވަނީ ހަމައެކަނި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް