ads
ހައިކޯޓް--
ޖޫރިމަނާގެ އަދަދުތަކަކީ އެކަށީގެންވާ އަދަދުތަކެއްތޯ ކޯޓުތަކުން ބަލަން ވާނެ: ހައިކޯޓް
މަދަނީ މައްސަލަތަކުގައި ބޮޑު ޖޫރިމަނާއެއް ނަގަން ހުކުމް ކުރުމަކީ ނާޖާއިޒް ފައިދާ ހޯދައިދޭން ހުޅުވާލެވޭ ދޮރެއް ކަމަށާއި، ޖޫރިމަނާގެ އަދަދުތަކަކީ އެކަށީގެންވާ އަދަދުތަކެއްތޯ ކޯޓުތަކުން ބަލަން ވާނެ ކަމަށް ހައިކޯޓުން ބުނެފިއެވެ.

ހައިކޯޓުން މިހެން ބުނެފައިވަނީ، އިމާރާތެއްގެ އެތެރޭގެ މަސައްކަތެއް ކުރުމަށް ފަހު، އެއަށް ފައިސާ ނުދެއްކި މައްސަލައެއްގައި، ފައިސާ ނުދައްކާ ހޭދަވި މުއްދަތަައް ޖޫރިމަނާއާއި އެކު 889،000 ރުފިޔާ ދައްކަން ޖެހުމުން، ފައިސާ ދައްކަން ޖެހުނު ކުންފުނުން އެމައްސަލަ އިސްތިއުނާފަށް ކުރުމުން، ހައިކޯޓުން ކުރި ހުކުމުގައެވެ. 

އެ މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައިވަނީ،، ބޮޑު އަދަދުން ޖޫރިމަނާ ނަގައި ދިނުމަކީ ނާޖާއިޒު ފައިދާ ހޯދައިދޭން ހުޅުވާލެވޭ ދޮރެއް ކަމަށާއި، އަދި ޖޫރިމަނާގެ އަދަދުތަކަކީ އެކަށީގެންވާ އަދަދުތަކެއްތޯ ކޯޓުތަކުން ބަލަން ވާނެ ކަމަށެވެ.

އަދި ފައިސާ ނުދެއްކުމުން ޖޫރިމަނާ ނަގައިދެވޭނެ މިންވަރާ މެދު ރާއްޖޭގެ ކޯޓުތަކުގައި އެކި ގޮތްގޮތަށް ބަހުސް ކުރެވެމުންދާ ކަމަށާއި، އެގޮތުން ސުޕްރީމް ކޯޓުން ކުރިން ނިންމި ދެ މައްސަލައެއްގައި ވެސް ޖޫރިމަނާގެ އަދަދު އެކަށީގެންވާ މިންވަރަށް ބޮޑުވެގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ދައްކަންޖެހޭ އަސްލު ފައިސާ އަށް ވުރެ ޖޫރިމަނާގެ އަދަދު ބޮޑުވާ ނަމަ، އެ އަދަދު ދަށް ކުރަމުންދާ ކަމަށްވެސް ހުކުމުގައި ވެއެވެ. 

އަދި އެ މައްސަލާގައި ނަގައިދިން ޖޫރިމަނާއަކީ މަސައްކަތުގެ އަގަށް ވުރެ ފަސް ގުނަ ބޮޑު ޖޫރިމަނާއެއް ކަމަށްވާތީ އެ އަދަދު ކުޑަކުރަން ޖެހޭ ކަމަށާއި، މައްސަލައިގައި ނަގައިދޭ ޖޫރިމަނާގެ އަދަދު މަސައްކަތުގެ އަގާ އެއް މިންވަރަށް ދަށްކޮށް، އެ ފައިސާ އެއް މަސް ތެރޭގައި ކޯޓަށް ދެއްކުމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ. 

އެ މަސައްކަތުގެ އަގަކީ 150،000 ރުފިޔާއެވެ. ނަމަވެސް ފައިސާ ނުދައްކާ ހޭދަވި މުއްދަތަކަށް ޖޫރިމަނާއާ އެކު 889،000 ރުފިޔާ އަރައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް