ads
ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް
އަބްތޯލުންގެ ޒިކުރާ އާކުރުން ސަރުކާރަކަށް މަނައެއް ނުކުރެވޭނެ: މުހައްމަދު އިސްމާއިލް
އިދިކޮޅު ކޯލިޝަނުން މި މަސައްކަތް ކުރަނީ ދިވެހި ގައުމުގެ ލޮބިވެތި އަބްތޯލުންތަކެއްގެ ޒިކުރާ އާކުރަން ކަމަށާއި، އެކަން ސަރުކާރަށް މަނައެއް ނުކުރެނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"ބަޑި ބުރާސްފަތި" މިނަމުގައި ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި އެއްވުމެއް ބޭއްވުމަށް، މާލޭ ސިޓީ ކައުންސިލާއި އެޗްޕީއޭގެ ހުއްދައަށް އެދި ސިޓީ ފޮނުވި ނަމަވެސް ހުއްދަ ލިބިފައެއް ނުވެއެވެ. ސިޓީ ކައުންސިލަށް ހުއްދަ ދެވެން ނެތް ކަމަށް އަންގާފައިވާއިރު ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ފޮނުއްވި ސިޓީގައި ވަނީ މިހާލަތުގައި އެއްވެ އުޅުމަކީ ރައްކާތެރިކަަމެއް ކަމަށް ނުފެންނާތީ "ވާޗުއަލް" ކޮށް ޖަލްސާ ބޭއްވުމަށް ލަފާދެއްވާފައިވާ ކަމަށެވެ. 

މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން މި މަސައްކަތް ކުރަނީ ދިވެހި ގައުމުގެ ލޮބިވެތި އަބްތޯލުންތަކެއްގެ ޒިކުރާ އާކުރަން ކަމަށާއި، އެކަން ސަރުކާރަށް މަނައެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އިދިކޮޅު ކޯލިޝަނުން ކޮންމެ ގޮތެއް ހަދާފަވެސް ނޮވެމްބަރު 3 ފާހަގަކުރާނެ ކަމަށެވެ. 

މުހައްމަދު އިސްމާއިލް ވިދާޅުވީ މިއީ ފެއްސާ ރަތާ ހުދުގެ ދިފާއުގަ ކުރާ މަސައްކަތެއް ކަމަށާއި، މިއީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހިސާބަށް ގެނެސްދިން މިނިވަންކަމާއި އިސްލާމް ދީނުގެ ދިފާއުގަ ކުރާ މަސައްކަތެއް ކަމަށެވެ. 

މުހައްމަދު އިސްމާއިލްގެ ވާހަކައިގައި ވަނީ ރައްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ބޮލުގަ ކޮރަޕްޝަނުގެ ތުހުމަތު އަޅުވައިގެން، މިސަރުކާރުން މިހާތަނަށް ކޮވިޑުގެ ހާލަތުގެ ތެރޭގައި ވީނުވީއެއް ނޭންގި ހަރަދުކުރި ފައިސާ ގުނާ އަދަދު ނުކުރެވޭ ކަމަށް ވަނީ ވިދާޅުވެފައެވެ. 

އަދި ސަރުކާރުން ބޭނުން ގޮތަކަށް ގާޒީން ސަސްޕެންޑް ކުރަމުން ގެންދާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ތައްއީދުކުރިކަމަށް ބުނެ ގާޒީން ސަސްޕެންޑް ކުރަމުން ގެންދާ ކަމަށާއި، ރައީސް ޔަމީންއަށް ހުކުމް ކުރުމަށް ތިން ގަޑީރަށް ވެފައި ވަނިކޮށް ގާޒީ ސަސްޕެންޑް ކުރި ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

މީގެތިރުން، އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެން އާއި އުތެމާއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާތަކަށް ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ބޮޑު އަދަބު ނުދޭކަމަށާއި، ދީނަށް ފުރައްސާރަ ކުރި މީހުން އަދިވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ތިބިކަމަށް މުހައްމަދު އިސްމާލް ވަނީ ތުހުމަތު ކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް