ads
އޮސްޓްރޭލިއާގައި ކޮވިޑަށް ޓެސްޓުކުރަނިކޮށް
ފަސް މަސްދުވަހަށްފަހު އޮސްޓްރޭލިއާގެ ކޭސްތަކުގެ އަދަދު ސުމަކަށް
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އޮސްޓްރޭލިއާ އިން ކޮވިޑް-19 ގެ އެއްވެސް ކޭހެއް ރެކޯޑް ކުރެވިފައެއް ނުވެއެވެ. މިއީ ފަސް މަސް ދުވަހަށް ފަހު އޮސްޓްރޭލިއާގައި ކޮވިޑް-19 ގެ ކޭސް އެއް ރިކޯޑް ނުކުރެވި ދިޔަ ފުރަތަމަ ފަހަރެވެ.

އޮސްޓްރޭލިއާ އިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ކޮވިޑް-19 ގެ ކޭހެއް ފެނިފައި ނުވާ އިރު، އެ ގައުމުގެ ވިކްޓޯރިއާ އަވަށުން ކޮވިޑް-19 ގެ ކޭހެއް ނުފެންނަތާ މިއީ ދެވަނަ ދުވަހެވެ.

25 މިލިއަން މީހުންގެ އާބާދީގެ މައްޗަށް އެކުލެވޭ އޮސްޓްރޭލިއާ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެ ގައުމު ލޮކްޑައުން އަކަށް ގެންގޮސް އާބާދީގެ ބޮޑު ބައެއްގެ ސާމްޕަލްތައް ނަގައިފައިވާ އިރު، އޮސްޓްރޭލިއާ އިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ 90 އިންސައްތަ ނިސްބަތްވާ އެގައުމުގެ ވިކްޓޯރިިއާ ސްޓޭޓް ލޮކްޑައުންކޮށް ކާފިއު ހިންގާފައިވެއެވެ.

ވިކްޓޯރިއާ ސްޓޭޓްގެ މެލްބޯން ސިޓީ މިދިޔަ ހަފްތާގެ ތެރޭގައި ހުޅުވާލާފައިވާ އިރު، މިހާރު އެ ސިޓީގެ ފިހާރަތަކާއި، ރެސްޓޯރަންޓްތައްވެސް ހުޅުވާލައި، ދިހަ މީހުންނަށް ވުރެ ގިނައިން އެއްވެ އުޅެވޭ ގޮތަށް ފިޔަވަޅުތަކަށް ލުއި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް އޮސްޓްރޭލިއާ އިން 27،595 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 907 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް