ads
އާސެނަލްގެ އެމެރިކް އޮބާމަޔަން--
ސާދަ އަހަރު ފަހުން ޔުނައިޓެޑު ދަނޑުގައި އާސެނަލް މޮޅުވެއްޖެ
ސާދަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާސެނަލްއިން، އޯލްޓްރެފަޑްގައި މެންޗެސްޓަ ޔުނައިޓެޑު އަތުން މޮޅުވެއްޖެ އެވެ. ޕްރިމިއަ ލީގުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުން އާސެނަލް މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ.

އޯލްޓްރެފަޑްގައި ޔުނައިޓެޑްގެ މައްޗަށް އާސެނަލްއަށް މި މޮޅުވެވުނީ ސާދަ އަހަރު ފަހުންނެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި އާސެނަލްއިން ޖެހި ހަމައެކަނި ގޯލް އެ ޓީމަށް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އެމެރިކް އޮބާމަޔަންއެވެ. މިއީ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. 

މި ނަތީޖާއާ އެކު ހަތް މެޗުން ބާރަ ޕޮއިންޓް ހޯދައިގެން އާސެނަލް އޮތީ ނުވަވަނައިގައެ ވެ. ޔުނައިޓެޑަށް ހަ މެޗުން ހޯދިފައި ވަނީ ހަތް ޕޮއިންޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް