ads
ކޮފީތަށި ރެސްޓޯރަންޓް ހުޅުވުމުގެ ތެރެއިން--
99 ޕަސަންޓު ދިވެހި މުވައްޒަފުންނާއެކު ރެސްޓޯރެންޓެއް ހުޅުވައިފި
ގާތްގަނޑަކަށް 100 އިންސައްތަ ދިވެހި މުވައްޒަފުންނާއެކު ކޮފީތަށި ރެސްޓޯރަންޓްގެ ނަމުގައި ރެސްޓޯރަންޓެއް ހުޅުވައިފި އެވެ.

ރޭ 8:30 ގައި ކޮފީތަށި ރެސްޓޯރަންޓް ހުޅުވައިދެއްވާފައި ވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. އެ ރެސްޓޯރަންޓް ހުޅުވުމުގެ ހަފްލާގައި މިނިސްޓަރު މަހުލޫފްގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކް ވެސް ބައިވެރިވެވަޑައިގަތެވެ.

ޖުމްލަ 198 މީހުންގެ ޖާގައިގެ އެ ރެސްޓޯރަންޓްގައި ދިވެހި ރަހަތަކާއި އެކު ހިދުމަތް ލިބިގެންދާނެ ކަމަށާއި އެ ރެސްޓޯރަންޓްގައި ހިދުމަތް ދޭނީ ދިވެހިން ކަމުގައި އެ ރެސްޓޯރަންޓްގެ ވެރިޔާ އަބްދުﷲ އަފީފް ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން ރެސްޓޯރެންޓުގެ މުވައްޒަފުންގެ 99 އިންސައްތައަކީ ދިވެހިން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. މިހާރަކަށް އައިސް ގިނަ ދިވެހި މުވައްޒަފުންނާއެކު ކެފޭ، ރެސްޓޯރެންޓުތައް ހުޅުވުން ދަނީ އިތުރުވަމުންނެވެ. ދިވެހިންނަށް އިސްކަން ދެނީ މި ދާއިރާއަށް ޒުވާނުންގެ ޝައުގު ބޮޑުކަމުން ކަމަށް ބެލެވެ އެވެ.

ކޮފީތަށި ރެސްޓޯރަންޓް ހުންނަނީ އޯކިޑްމަގުގެ ޖަސްޓިސް ބިލްޑިންގް ކުރިމަތިން ހުންނަ މ. އައިރިސް ގޭގަ އެވެ.

77%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް