ads
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް---
މީކާއީލްގެ ބަހުގެ ހަމަލާތަކެއް އިމްރާނަށް، މައާފަށް އެދުމާއެކު އިސްތިއުފާ ދޭން ޖެހޭ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖިންސީ ގޯނާގެ މައްސަލައިގައި ދެއްކެވި ވާހަކަތަކަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ފާޑުވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވަނީ ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާގެ ކާރަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލަ މަޖިލީހަށް ހުށަހަޅއްވާފަ އެވެ. 

އެ މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، ޖިންސީ ކުށުގެ އަމަލެއް ހިންގުމުން އެކަމަކީ ކުޑަކަމެއް ކަމަށް ފުލުހުންނާއި ހަވާލުވެ ހުންނަވާ މިނިސްޓަރު ވިދާޅުވުމަކީ މިފަދަ ކަންކަަމަށް ދެވޭ ހިތްވަރެއް ކަމަށެވެ. 

ހުޅުމާލޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަށް ފަހުން މައާފަށް އެދުނުކަން ފާހަގަކޮށް މީކާއިލް ވިދާޅުވީ، އެހެން ގައުމެއް ނަމަ މައާފަށް އެދުމާއި އެކު އިސްތިއުފާ ވެސް ދެއްވާނެ ކަމަށެވެ. 

"އެހެން ނަމަވެސް މި ރާއްޖޭގައި ވަރަށް ތަފާތު ގޮތަކަށް ބައްޓަންވެފައި އޮންނަ ނިޒާމެއް މި ނިޒާމަކީ. އެއްވެސް ބޭފުޅަކު ވައްކަން ކުރެއްވިޔަސް ކިޔަންނުވާވަރުގެ އެއްޗެއް ހުންނަން ނުވާވަރުގެ މަގާމެއްގައި ހުރެގެން ވިދާޅުވިޔަސް އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް، ހިޔާލާތެއް ހުންނަ މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ."

މީކާއިލް ވިދާޅުވީ މަގާމުތަކުގައި ތިއްބަވާ ބޭބޭފުޅުންގެ ވާހަކަތަކާ އަމަލުތައް ބައްޓަންކުރައްވާ ގޮތާއި މެދު ކުރިއަށް ވުރެއްވެސް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ. 

މީގެ އިތުރުން މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މަގާމުތަކުގައި ތިއްބަވަންވާނީ ވަކި ޖިންސަކަށް ނިސްބަތްވީތީ ދެވޭ ހަމަލާތަކާއި އަނިޔާގެ އިތުރުން އެފަދަ ކަންކަމުގައި ވާހަކަ ދައްކަންޖެހޭނެ ގޮތް އިނގޭފަދަ ފަރާތްތައް ކަމަށެވެ. އަދި އެފަދަ ކަންކަން ރަނގަޅަށް ނުބެލޭކަމުގައި ވާނަމަ ދައުލަތުން މިފަދަ ކަންކަމަށް ދެވޭ އަހަންމިޔަތު ކުޑަކަމަށް ފެންނާނެ ކަމަށާއި އެހެންކަމުން މިމައްސަލަތައް ފުލުހުން ބަލާ އިންސާފު ގާއިމުކުރުން މުހިންމުކަން މީކާއިލް ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް