ads
ޓެޑްރޮސް އަދާނޮމް--
ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެ ޓެޑްރޮސް ކަރަންޓީނަށް
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓާ ޖެނަރަލް ޓެޑްރޮސް އަދާނޮމް ކަރަންޓީނުވެ ވަޑައިގެންފި އެވެ.

އެކަން ހާމަކުރައްވާ ޓެޑްރޮސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ބައްދަލުވެފައިވާތީ ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި ހުންނަވާނީ ސެލްފް ކަރަންޓީނުގައި ކަމަށެވެ. އަދި ހާލު ރަނގަޅު ކަމަށާއި ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ. 

ޓެޑްރޮސް އިތުރަށް ވިދާޅުވީ ޑަބްލިއުއެޗްއޯގެ އުސޫލުތަކާއި އެއްގޮތަށް ވަޒީފާގެ މަސްއޫލިއްޔަތުތައް މިވަގުތު އަދާކުރައްވަމުން ގެންދަވާނީ ގޭގައި ހުންނަވައިގެން ކަަމަށެވެ. 

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަމާލުކަންދޭންވީ ކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ޑަބްލިއުއެޗްއޯ އިން ސިލްސިލާކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންދެ އެވެ. އަދި އެ ބައްދަލުވުންތަކުގައި ޓެޑްރޮސް ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި ހުރިހާ ގައުމެއް ގުޅިގެން ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް