ads
އުރީދޫ އާއި މީރާ އިން އެއްބަސްވުމުގައި ސޮއިކުރުން-- ފޮޓޯ: ދަ އައިލެންޑްޗީފް
އެމް-ފައިސާ މެދުވެރިކޮށް މީރާއަށް އަގު ދެއްކޭނެ ގޮތެއް އުރީދޫއިން ތައާރަފްކޮށްފި
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފަސޭހަ ކަމާއެކު "އެމް-ފައިސާ" މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތެއް އެ އުރީދޫގެ ކަސްޓަމަރުންނަށް އެ ކުންފުނިން ހަމަޖައްސައިދީފި އެވެ.

"އެމް-ފައިސާ"އާ ގުޅޭ އެއްބަސްވުމެއްގައި އުރީދޫ އިން ވަނީ އިއްޔެ މީރާއާއެކު ސޮއިކޮށްފަ އެވެ. މި އެއްބަސްވުމާއެކު މީރާގެ "ވާރުޕޭ" ޕޯޓަލް މެދުވެރިކޮށް އުރީދޫގެ އެމް-ފައިސާ ހިދުމަތް ބޭނުންކޮށްގެން ކުންފުނިތަކުގެ ފީ އާއި، ޖޫރިމަނާތަކާއި، ޒަކާތްވެސް ވަގުތުން ދައްކާލެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. 

އުރީދޫ އިން ވަނީ އެ ކުންފުނިން ދޭ ހިދުމަތްތައް ޑިޖިޓަލް ކުރަން ތަފާތު ހިދުމަތްތަކެއް ތައާރަފުކޮށް، ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފަ އެވެ. އެމް-ފައިސާ މެދުވެރިކޮށް ފިހާރަތަކުން ވިޔަފާރި ކުރުމާއި، ބިލްތައް ވަގުތުން ދައްކާލެވޭނެ ގޮތް ހަމަޖެއްސުމަކީ އޭގެ ތެރެއިން ބަދަލެކެވެ. 

މީރާ އާއި ގުޅިގެން މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ލިބުނު އުފަލެއް ކަމަށާއި، އޭގެ ސަބަބުން ކަސްޓަމަރުންނަށް ޒަކާތާއި އެހެނިހެން މުއާމަލާތްތައް ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.

އުރީދޫން އަބަދުވެސް ދާނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދެމުން ކަމަށާއި އެގޮތުން އުރީދޫގެ ހިދުމަތްތަކަކީ ފަސޭހައިން ލިބޭނެ ހިދުމަތްތަކެއްގެ ގޮތުގައި ހެދުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް