ads
ފިނޭންސް މިނިސްޓްރީ--
ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން އާ މަގާމުތައް ނުއުފެއްދުމަށް އަންގައިފި
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން ހަރަދުކޮށް އެއްވެސް އާ މަގާމެއް ނުއުފެއްދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ހުއްދަދީފައިވާ މަގާމުތައް ފިޔަވައި އާ މަގާމްތައް ނުއުފެއްދުމަށް ފިނޭންސް މިނިސްޓްރީ އިން އަންގާފައިވާ އިރު، މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް އާ މަގާމަކަށް މުވައްޒަފުން ނުނެގޭނެ ކަމަށާއި، މުވައްޒަފުންނަށް ދެމުންދާ އެއްވެސް އާ އެލޮވަންސް ވެސް ނުދިނުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އެގޮތުން ބަޖެޓުން މުވައްޒަފުންނަށް ހަރަދުކުރުމުގެ ހުއްދަ އަށް އެދި، މިނިސްޓްރީގެ ބަނޑޭރި ޕޯޓަލްގައިވާ ހާއްސަ ފޯމެއް ފުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން މި އަހަރު ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެތީ ސަރުކާރުން އޮފީސްތަކުގެ ބަޖެޓު ކުޑަ ކުރުމާއި، ކުންފުނިތަކުގެ އިސް މަގާމުތަކާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓު ކުޑަ ކުރަން ކުރިން ނިންމާފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުން މުއްދަތު އިތުރުކޮށްދީފައި ނުވާތީ ސަރުކާރުން ވަނީ ކުރިން ހުރި ގޮތަށް މުސާރަ އަނބުރާ ގެނެސްފަ އެވެ.

މި އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން އަންދާޒާކޮށްފައިވާ އިރު، މިހާރު ލަފާ ކުރެވެނީ އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް