ads
ގައުމީ ސަލާމަތާއި ހާރިޖީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން--
ދީނާ ގުޅުވައިގެން ކުށްކުރާ މީހުން އެބަ އިތުރުވޭ: ރިޔާޒު
ކުށްކުރުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި ދީނީ އަގީދާތަކުގެ ސަބަބުން ބައެއް ކަހަލަ ކުށްތަކަށް މީހުން އަރައިގަންނަމުންދަނީ އެކަމަކީ ރަނގަޅުކަމެއް ކަމަށް ދެކިގެން ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒު އެގޮތަށް ވިދާޅުވެފައި ވަނީ މިފަހުން ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން އުޅުނު މައްސަލަ އަދި އެފަދަ ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. 

ކަމާއި ގުޅުން ހުރި އެކި އިދާރާތަކުން ބައިވެރިވި އެ ބައްދަލުވުމުގައި ރިޔާޒު ވިދާޅުވީ ރާއްޖޭގައި "ވައިލެންޓް ކްރައިމްސް" ހިންގުމުގައި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެގޮތުން އެފަދަ ކުށްތަކަށް މިހާރު އަރައިގަންނަމުން އަންނަ ބައެއް މީހުންނަކީ އަމިއްލައަށް އެކަން ޖަސްޓިފައިކޮށްގެން އެއީ ކުރުން ރަނގަޅު އަދި ކުރަން ޖެހޭކަމެއް ކަމަށް ގަބޫލުކޮށްގެން އެ ކުށްކުރާ މީހުން ކަމަށް ރިޔާޒު ވިދާޅުވި އެވެ. 

"ދީނީ އަގީދާތަކުގެ ސަބަބުން އެކަން ކުރާ މީހުން އެބަ އުޅޭ. އެ ގިނަވަމުން ވެސް އެބަ އާދެ،" ރިޔާޒު ވިދާޅުވި އެވެ. 

އެ މައްސަލަތަކަށް ހައްލު ހޯދުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރިޔާޒު އިތުރަށް ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ތެރެއިން ހުރިހާ ކުށްތަކަށް ހައްލު ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެގޮތަށް ކުށްކުރާ ގިނަ ބަޔަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ވެސް ފޮނުވޭކަން ފާހަގަކުރެއްވި އެވެ. ރިޔާޒު ވިދާޅުވީ އެގޮތަށް ފޮނުވާ ބައެއް މައްސަލަތަކުގައި ޕީޖީ ދައުވާނުކުރާން ނިންމުމާއި ކޯޓުން މައްސަލަ ސާބިތުނުވުން ވެސް ދިމާވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް