ads
މަލީހާ--
11 ފިރިހެނުންނާއެކު ޕާޓީ ކުރަނިކޮށް ހައްޔަރު ކުރި މަލް ދޫކޮށްލައިފި
ހުޅުމާލޭގެ ގެސްޓް ހައުސްއެއްގައި 11 ފިރިހެނުންނާއެކު ޕާޓީކުރަމުން ދަނިކޮށް ހައްޔަރު ކުރި ފިލްމީ ތަރި، މަލީހާ ވަހީދު ދޫކޮށްލައިފި އެވެ.
ހުޅުމާލޭގެ ގެސްޓް ހައުސްއެއްގައި 11 ފިރިހެނުންނާއެކު ޕާޓީކުރަމުން ދަނިކޮށް ހައްޔަރު ކުރި ފިލްމީ ތަރި، މަލީހާ ވަހީދު ދޫކޮށްލައިފި އެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައި ނުވި ނަމަވެސް މީގެ 15 ވަރަކަށް ގަޑިއިރު ކުރިން މަލީހާ ވަނީ އޭނާގެ އިންސްޓަގްރާމަށް އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. އެހެންކަމުން ބެލެވެނީ އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމެވެ.

މަލީހާ ހައްޔަރު ކުރީ މިމަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓު ހައުސްއެއްގައި ބަނގުރާ ބޭނުކޮށް ޕާޓީ ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭ ޕޮލިސް އާއި އެސްއޯ ގުޅިގެން އެރޭ 20:04 ހާއިރު ހިންގި އޮޕަރޭޝަނެއްގަ އެވެ.

އޭނާ ހިމެނޭހެން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެގޮތުން މުއްދަތު ޖަހަން ކޯޓަށް އެމީހުން ގެންދިއުމުން އޭގެ ތެރެއިން ތިން ފިރިހެނަކު ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފަ އެވެ. އަދި ފަސް ފިރިހެނެއްގެ ބަންދަށް އަށް ދުވަސް ޖެހިއިރު މަލީހާ ހިމެނޭހެން ބާކީ ތިބި މީހުންގެ ބަންދުގެ މުއްދަތަށް ވަނީ ހަތަރު ދުވަސް އިތުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި މަލް ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދަށް ޖެހި މުއްދަތު މިމަހުގެ 23 ގައި ހަމަވެފައި ވާތީ އެވެ.

ހުޅުމާލޭ ހޮޓެލް 78 ގައި ޕާޓީ ކުރުމުގެ ކުރިން ވެސް މަލީހާގެ މައްޗަށް ވަނީ މަސްތުވާތަކެތީ މައްސަލައެއްގައި ޝަރީއަތް ކުރަން ފަށާފަ އެވެ. އެއީ މިދިޔަ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު އޭނާ، އިތުރު އަންހެނާ އެކު އދ. މާމިގިއްޔަށް ކުރި ދަތުރުގައި އޭނާގެ ދަބަހުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ.

މާމިގިލީ ބަނދަރު ސަރަހައްދުން މަލީހާ އާއި ދެން ހުރި އަންހެން މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު އެ ދެމީހުން ގެންގުޅުނު ދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މި މައްސަލަ ތަހުގީގުކޮށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން މަލްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ދެ ދައުވާ އެކެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި، ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ.

މަލީހާ އާއެކު ހައްޔަރު ކުރި އަންހެން މީހާގެ މައްޗަށް ވެސް މި ދެ ދައުވާ ވަނީ އުފުލާފަ އެވެ.

މި ދެ ދައުވާގެ ތެރެއިން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާ، އެއްލައްކަ ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. ކެނެބިސް ބޭނުން ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާގެ މައްޗަށް އިއްވާނެ އެވެ.

މަލީހާގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ސާފު ކޮށްދިނުމަށް އޭނާ ކޯޓަށް ހާޒިރު ކުރުމުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މަލީހާ ފިލްމަކުން ފުރަތަމަ ފަހަރަށް ފެނުނީ 2016 ވަނަ އަހަރު ނެރުނު، "ނޭނގިޔާރު ވަކިވީ" އިންނެވެ. އެއަށްފަހު "ވަފާތެރި ކެހިވެރިޔާ" އާއި "ބައިވެރިޔާ" އިން ވެސް އޭނާ ފެނިގެންދިޔަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް