ads
ބީއެމްއެލް--
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފަހު ފިޔަވަހި ހުޅުވާލައިފިއެވެ.

ކޮންމެ އަހަރަކުވެސް ތިން ފިޔަވައްސަކަށް ބަހާލައިގެން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ނަމުގައި ބީއެމްއެލް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައު އަށް ފައިދާ ހުރި މަޝްރޫއުތަކަށް ބޭންކުން ފަންޑުކޮށްދެއެވެ.

އެގޮތުން މި އަހަރުގެ ފަހު ފިޔަވަހީގައި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ވަނީ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ދިހަ ޕްރޮޕޯސަލެއް ހޮވައި، އެ ތަނުން ކޮންމެ މަޝްރޫއު އަކަށް -/50،000 ރުފިޔާގެ އެހީތެރިކަން ދޭން ނިންމައިފައެވެ.

ރަށްރަށުގެ ޖަމިއްޔާ ތަކާއި، އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ތަކަށް އަދި ޒުވާނުންނަށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ކޮމިއުނިޓީ ފަންޑުގެ ދަށުން ހޭދަ ކުރާނީ މުޖުތަމައުގެ އެއްބައިވަންތަކަން ދިރުވައި، މުޖުތަމައު އަށް ފައިދާ ހުރި ކަންތައްތަކަށް ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް ފަންޑަށް އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހަށް ވަނީ ހުޅުވާލައިފައެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން މީގެ ކުރިންވެސް ބައެއް ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް