ads
މިނިސްޓާ އޮފް ހަޔާ އެޑިޔުކޭ ޝަން ޑރ. އިބްރާހިމް ހަސަން އާއި އިންސްޓިޓިއުޓް އޮފްޗާޓާޑް އެކައުންޓަންޓްސްގެ ރައީސް ހަސަން ޒިޔަތް
އެކައުންޓިން ދާއިރާގެ ފެންވަރު ރަނގަޅުކުރަން މަޝްވަރާކޮށްފި
މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން އިންސްޓިޓިއުޓް އޮފްޗާޓާޑް އެކައުންޓަންޓްސްގެ ރައީސް ހަސަން ޒިޔަތް އަދި އެ އިންސްޓިޓުއުޓްގެ ބައެއް ކައުންސިލް މެމްބަރުންނާއި ބައްދަލު ކުރައްވާ އެކައުންޓިން ދާއިރާއިން ކިޔަވާ މީހުންގެ ފެންވަރު ރަނގަޅުކުރުމަށް މަޝްވަރާކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ އެކައުންޓިން ކޮލިފިކޭޝަންތައް ވެލިޑޭޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއިއެކު މަސައްކަތްތައް ތަރުތީބުކޮށްގެންވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ކަމަށެވެ.

އަދި އެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ބޭނުންވާ އަދަދުތައް އިންސްޓިޓިއުޓްގެ މަސައްކަތުގެ ތެރެއިން ފާހަގަވާނަމަ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންއާއި ހިއްސާކުރުން ވަރަށް މުހިންމުކަން ވެސް އެ ބައްދަލުވުމުގައި ފާހަގަކޮށްފައިވާނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ބައްދަލުވުމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ލޯން ސްކީމަށް ހުޅުވާލާއިރު އެކަމަށް ރިއާޔަތްކޮށް އެދާއިރާއިން މީހުން ބިނާކުރުމަށް އިސްކަންދެވޭނެ ކަމަށެވެ.

"އެކައުންޓިންގެ ދާއިރާއަކީ މިހާރުވެސް ނެޝަނަލް ސްކިލް ޝޯޓޭޖް ލިސްޓްގައި ހިމެނިފައިވާ ދާއިރާއެއް. އެ މައުލޫމާތުގެ އަލީގައި ފުރަތަމަ ޑިގްރީގެ ޕޮލިސީތައް ކަނޑައަޅާއިރު ބޭނުންތެރިވާނެ އެކައުންޓިންގް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީއެއް ޤާނޫނަކުން ބާރުލިބިގެން އުފެދިގެންއައުމަކީ މިދާއިރާއިން ޕްރޮފެޝަނަލް މީހުން ބިނާކުރުމަށާއި މަތީ ތައުލީމުގެ ފެންވަރު ކަށަވަރު ކުރުމަށް ކުރަމުން މިއަންނަ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ މުހިންމުކަމެއް" ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

އޭގެ އިތުރުން އެކައުންޓިންގް އަދި އޮޑިޓިންގް ދާއިރާއަކީ ވަރަށް ބޮޑަށް ރެގިއުލޭޓް ކުރަން ޖެހިފައިވާ ދާއިރާއެއް ކަން ފާހަގަކުރައްވާ އެކަމާއި ގުޅޭގޮތުންވެސް އެބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް