ads
ބީއެމްއެލް ވިސާ ކާޑް- ފޮޓޯ: ބީއެމްއެލް
ބައެއް ވެބްސައިޓްތަކުގައި ބޭންކުން ދޫކޮށްފައިވާ ކާޑުތައް ބްލޮކްކުރަނީ
ބައެއް މާޗަންޓް ވެބްސައިޓް ތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތައް ބޭނުންނުކުރެވޭ ގޮތަށް އެ ބޭންކުން ހަދައިފިއެވެ.

ފާއިތުވި މަސްތަކުގައި ގާނޫނާއި ގަވާއިދުތަކާއި ހިލާފު މުއާމަލާތްތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބުނެ، ބީއެމްއެލް އިން ވަނީ އެ ބޭންކް އިން ދޫކޮށްފައިވާ ކާޑުތައް ބައެއް ވެބްސައިޓް ތަކުގައި ބޭނުންކުރުން މަނާކުރަން ނިންމާފައެވެ.

އެގޮތުން ޖުވާ ކުޅެން ބޭނުންކުރާ ސައިޓްތަކުގެ އިތުރުން، އޮންލައިން ޓްރޭޑިން ވެބްސައިޓްތައްވެސް ބްލޮކްކުރަން ބީއެމްއެލް އިން ވަނީ ނިންމާފައެވެ. އޮންލައިން ޓްރޭޑިން ޕްލެޓްފޯމްތައް މެދުވެރިކޮށް ގިނައިން ފައިސާ ބޭރުވަމުންދާ އިރު، ޑޮލަރު ލިބެން ހުރި މިންވަރު ދަށްވެފައިވާ ކަން ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ދިވެހި އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި، ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ނުކުރުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުން ކުރެވޭ މުއާމަލާތްތައް މޮނީޓަރުކުރަމުން ދާނެ ކަމަށާއި، ބޭންކަށް ފެނިއްޖެ ހާލަތެއްގައި މިފަދަ ބައެއް މުއާމަލާތްތައް އެއްވެސް އެންގުމެއް ނެތި ބްލޮކް ކުރާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން މިގޮތަށް ނިންމުމުގެ ކުރިން ދިވެހި މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް