ads
ހާލިދު އާއި ސަލަމާ-
ސަލަމާ އާއި ހާލިދުގެ ރާއްޖޭގެ ހަނީމޫނުން ދިހަ މިނެޓް!
ދުބާއީގެ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު ހާލިދު އަލް އަމޭރީ އާއި އޭނާގެ އަންހެނުން ސަލަމާ މުހައްްމަދުގެ ވީޑީއޯތަކަށް ދިވެހިންގެ ސަމާލުކަން ވެސް ހުއްޓިފައިވެ އެވެ. ދިވެހިންގެ ތެރޭގައި ވެސް އެ ވީޑިއޯތައް ޝެއާކޮށް މަޖާ ނަގާ މީހުން މަދެއް ނޫނެވެ.

މިފަހުން ހާލިދު އާއި އޭނާގެ އަންހެނުން މިވަނީ ރާއްޖެއަށް އައިސްފަ އެވެ. ދެ މީހުންނަށް އެކުގައި ޗުއްޓީއަކަށް ނުދެވޭތީ މިއީ އެމީހުންގެ ހަނީމޫނެއް ކަމަށް ދެކިގެން ރާއްޖޭއަށް އައިސްފައިވާއިރު ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ތެރެއިން ވެސް މިވަނީ ވީޑިއޯއެއް ސަޕޯޓަރުންނަށް ހިއްސާކޮށްފަ އެވެ.

އިއްޔެ އާންމުކުރި އެ ވީޑިއޯ މިހާރު 2.3 މިލިއަނަަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު އެއީ ތާޖް އެގްޒޯޓިކާގައި ހޭދަކުރި ޗުއްޓީން ދިހަ ވަރަކަށް މިނެޓެވެ. އެގޮތުން ރާއްޖޭގެ ރީތިކަމަށް ވަރަށް ތައުރީފް ވެސް ކޮށްފައިވާއިރު ރާއްޖޭގެ ރީތިކަން ވެސް ދައްކުވައިދެ އެވެ. އަދި އެމީހުން ޖެހި ސަކަރާތް ވެސް ހިއްސާކުރި އެވެ.

މީޑިއާ ދާއިރާއިން ކިޔެވި ހާލިދު ވަނީ ސީއެންއެންގެ ޕްރޮޖެކްޓެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. ވީޑިއޯ އުފެއްދުމުގެ މަސައްކަތް އަނބިމީހާއާއެކު މިހާރު ކުރަމުން އަންނައިރު އެ މަސައްކަތް އަމިއްލައަށް ފެށީ ވެސް އަނބިމީހާ ކިޔާވަރުން ކެމެރާއެއް ގަނެގެން ކަމަށް ވެ އެވެ.  

މައުލޫމާތު ލިބޭ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގައި މި ދެތަރިން ރާއްޖެ އައިއިރު އެ ދަތުރުގައި ދަރިން ބައިވެރިއެއް ނުކުރެ އެވެ. އެމީހުންގެ ކައިވެންޏަށް ދެ ކުއްޖަކު ލިބިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް