ads
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު-- ފޮޓޯ: ފުލުހުން
އެޗްއާރްސީއެމުން އަމަލު ކުރީ ހަގީގަތް އޮޅޭ ފަދަ ގޮތަކަށް: ފުލުހުން
ދޫނިދޫ ޖަލުގައި ފޯރުކޮށްދޭ ފެނުގެ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އަމަލުކޮށްފައި ވަނީ ރައްޔިތުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެޗްއާރްސީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދޫނިދޫ ޖަލުގައި ބޯން އެކަށީގެން ނުވާ ފެން ފޯރުކޮށްދޭ މައްސަލަ ހައްލު ކުރަން ފުލުހުންނަށް ދިން މުއްދަތުގައި އެކަން ކޮށްފައި ނުވާތީ ފިޔަވަޅު އަޅާނެ ކަމަށެވެ.

".... މިކަން ރަނގަޅު ކުރުމަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބަޔާންކޮށް އެޗްއާރްސީއެމުން ނޫސްބަޔާނެއް ނެރިފައި ވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށް މި ސާވިސް އިން ދެކެމެވެ،" ފުލުހުން މިއަދު ބުންޏެވެ. 

ފުލުހުން ބުނީ އެ މައްސަލަ ހައްލުކުރުން ދިނީ 72 ގަޑިއިރު ކަމަށާއި ދާއިމީ ހައްލެއް ގެނައުމަށް ކުރަން ޖެހޭ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.

އެގޮތުން ފެންހޮޅިތައް ބަދަލު ކުރުމާއި ފެން ސާފުކުރުމަށް ކްލޮރިނޭޝަން ސިސްޓަމާއި އަލްޓްރާ ވައިލެޓް ފިލްޓްރޭޝަން ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ. 

"ނަމަވެސް ސަރުކާރު ބަންދު ދުވަސްތަކެއް އައުމާއި އެއްވެސް އެސެޓެއް ގަތުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެ ހުއްދަ ހޯދަން ޖެހޭތީ" އެ މަސައްކަތް ކުރަމުންދާ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އޭގެ އިތުރުން ފުލުހުން ބުނީ އެ މައްސަލައަށް ވަގުތީ ހައްލެއްގެ ގޮތުން ދައިދީންނަށް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. 

އިއްޔެ އެޗްއާރްސީއެމުން ބުނީ ދޫނިދޫ ޖަލުގައި ގާއިމްކޮށްފައިވާ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެން ތަހުލީލު ކުރިއިރު، އެއީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކަށް ނުފެތޭ ފެނެއް ކަމަށެވެ.

އެގޮތުން ބުއިމަށާއި ސާފުތާހިރުވުމަށް ބޭނުން ކުރާ ފެނުގައި "ކޮލިފޯމް (ބެކްޓީރިއާ)" ހުރި ކަމަށް ވަނީ ފާހަގަވެފަ އެވެ. އެ ފެން ބޭނުން ކުރުމުން ހަމުގެ ބަލި ފަދަ ބަލިތައް ޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތް ކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކަމާގުޅޭ މާހިރުން ވަނީ ލަފާ ވެސް ދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް