ads
މަރުވެފައިވާ ބޮޑުމަހަކަށް މީހަކު ބަލަހައްޓައިގެން--- ފޮޓޯ: ބީބީސީ
120 އަށް ވުރެ ގިނަ ބޮޑުމަސް ލަންކާއިން ސަލާމަތްކޮށްފި
ސްރީލަންކާ އިން ސަތޭކަ އަށް ވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފި އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ދެކުނުގެ ސަރަހައްދެއްގައި އޮންނަ ރަށަކަށް އިއްޔެ 120 ވަރަކަށް ބޮޑުމަސް ލައްގާފައިވާ އިރު، އެ ގައުމުގެ ކަނޑުގެ ސިފައިންނާއި އެ ހިސާބުގައި ދިރިއުޅޭ އާންމުން ގުޅިގެން ވަނީ އެ ބޮޑުމަސްތައް ސަލާމަތްކުރުމުގައި ހަރަކާތްތެރިވެފައެވެ.

ބޮޑުމަސްތައް ސަލާމަތްކޮށް އަނބުރާ މޫދަށް ފޮނުވާލުމަށްޓަކައި އެގައުމުގެ ކަނޑުގެ ސިފައިން ވަނީ ޕެޓްރޯލް ކްރާފްޓެއް ބޭނުންކޮށްފައެވެ. އެގޮތުން އެ ޕެޓްރޯލް ކްރާފްޓް ބޭނުންކޮށްގެން ފަހަރަކު ބޮޑުމަހެއް ސަލާމަތްކޮށްފައިވާ އިރު، ދެ ބޮޑުމަހެއް ވަނީ މަރުވެފައި ކަމަށް ލަންކާގެ ކަނޑުގެ ސިފައިން ވަނީ ބުނެފައެވެ.

މީގެ ކުރިން އޮސްޓްރޭލިއާގެ ޓަސްމޭނިއާގައި ވެސް މިފަދަ ހާދިސާ އެއް ހިނގާފައިވާ އިރު، އެ ހާދިސާގައި އެކަނިވެސް 470 އެއްހާ ބޮޑުމަސް މަރުވެފައިވާ އިރު، އެތަނުން ސަލާމަތްކުރެވިފައި ވަނީ 110 ބޮޑުމަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް