ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް--
ވީއައިއޭގައި އެންމެ ގިނަ ފްލައިޓު ޖެއްސީ މި މަހުގެ ފުރަތަމަ ދުވަހު
Share
ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް އެންމެ ގިނަ ފްލައިޓްގެ އަދަދު ރެކޯޑް ކުރެވުނު ދުވަހަކަށް މި މަހުގެ ފުރަތަމަ ދުވަސްވެއްޖެ އެވެ.
Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އާންމުކުރި ތަފާސްހިސާބު ގައިވާ ގޮތުން ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އެކަނިވެސް 227 ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައި ވެއެވެ. 

އޭގެ ތެރެއިން އެންމެ ގިނައިން ޖައްސާފައި ވަނީ ސީޕްލޭން އެވެ. އެގޮތުން ޖައްސާފައިވާ ސީޕްލޭންތަކުގެ އަދަދު 158 އަށް އަރަ އެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓްތައް ޖައްސާފައިވަ ނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގަ އެވެ. އެގޮތުން 147 ފްލައިޓް އެ ދުވަހު ޖައްސާފައިވާ އިރު، އޭގެ ތެރޭގައި 108 ސީޕްލޭން ހިމެނެ އެވެ.

ބޯޑަރުތައް ހުޅުވާލި ފަހުން މިހާތަނަށް 37،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، އެންމެ ގިނަ މީހުން އައިސްފައި ވަނީ ވެސް މިމަހުގެ ފުރަތަމަ ދުވަހު އެވެ. 

ޓޫރިޒަމް މިނިސްޓްރީ އިން ވަނީ މި އަހަރުގެ ނިޔަލަށް 500،000 ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް