ads
ގެސްޓްހައުސްއެއް--
މިހާތަނަށް 49 ގެސްޓްހައުސް ހުޅުވުމުގެ ހުއްދަދީފި
ކޮވިޑާ ގުޅިގެން ގެސްޓްހައުސް ސިނާއަތް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން 49 ގެސްޓް ހައުސް ހުޅުވުމުގެ ހުއްދަދީފި އެވެ.

ކޮވިޑާއި ގުޅިގެން މިދިޔަ މާޗު މަހުގެ ފަހުކޮޅު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އެއަށްފަހު ރިސޯތްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިންނަމަވެސް ގެސްޓްހައުސްތަކަށް އެ ހުއްދަ ދީފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

ހަތް މަހަށް ފަހު ގެސްޓް ހައުސްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ދިންނަމަވެސް އެ ހުއްދަ އަދި ދީފައިވަނީ އަތޮޅުތެރޭގެ ބައެއް ގެސްޓްހައުސްތަކަށެވެ. އަދި އެހުއްދަތައް ދެމުންދަނީ ޓޫރިޒަމް މިނިސްޓްރީއާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ވަކި ޝަރުތުތަކެއް ހަމަވެފައިވާ ގެސްޓްހައުސްތަކަށެވެ.

އެގޮތުން މިހާތަނަށް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ 49 ގެސްޓްހައުސް އަކަަށް އެ ހުއްދަ ދީފައިވާއިރު މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކ. އަތޮޅާއި ނ. އަތޮޅު އަދި އއ. އަތޮޅާއި ވ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި ގެސްޓްހައުސް ހުޅުވުމަށް ވަނީ ހުއްދަ ދީފަ އެވެ.  

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 41،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އޭގެ ތެރެއިން 1،210 ފަތުރުވެރިން ގެސްޓްހައުސް ތަކަށް އައިސްފައިވާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މާފުއްޓަށެވެ. މާފުއްޓަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރަމުންދާއިރު އޮކްޓޫބަރު މަހުގެ ތެރޭގައި މާފުށިން ވަނީ ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނިފައެވެ.

އޭގެ އިތުރުން ރިސޯތްތަކުންވެސް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދުތައް ވެސް މައްޗަށް ޖެހެމުން ދާއިރު މިފަހުން ވަނީ ބޯޑަރު ހުޅުވާލިފަހުން ފުރަތަމަ ފަހަރަށް ރިސޯޓަކުން މީހަކު ކޮވިޑް ޖެހިގެނެ މަރުވެފައެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަތައް ދެމުންދަނީ އެޗްޕީއޭގެ ގައިޑްލައިނަށް ފެތޭ ގޮތަށް ހިދުމަތްތައް ބަދަލުކުރުމުންނެވެ. އެގޮތުން އެ ހުއްދަ ދެމުން އަންނަނީ ގެސްޓްހައުސް ހިންގަމުން އަންނަ ރަށްރަށުގައި ފްލޫ ކްލިނިކަކާއި ކަރަންޓީނު ފެސިލިޓީއެއް އަދި މީހަކު ޕޮޒިޓިވްވެއްޖެނަމަ އައިސޮލޭޓް ކުރެވޭނެ ފެސިލިޓީއެއް ގާއިމުކޮށްފައިވާ ރަށްރަށަށެވެ. އަދި ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ފަށަން ކައުންސިލުގެ ހުއްދަވެސް ހޯދަން ޖެހޭއިރު ގެސްޓްހައުސްތައް ފެށުމާއެކު ރަށްރަށުގައި އުޅޭ މީހުން މާސްކް އެޅުން ވެސް މަޖުބޫރެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް