މާލޭ މަގުމަތީގައި ހަލާކުވެފައި ހުރި ސްޕީޑްބްރޭކަރުތައް ނަގަނީ
މާލޭ މަގުމަތީގައި ހަލާކުވެފައި ހުރި ސްޕީޑްބްރޭކަރުތައް ނަގައިފި
Share
މާލޭ މަގުމަތީގައި ހަރުކޮށްފައި ހުރި ސްޕީޑް ބްރޭކަރުތަކުގެ ތެރެއިން ހަލާކުވެފައި ހުރި ސްޕީޑް ބްރޭކަރުތައް ނަގައި އާ ބްރޭކަރު ހަރުކޮށްފި އެވެ.
Advertisement

މާލޭ ސީޓީ ކައުންސިލުން އިއްޔެ ވަނީ މަގުމަތީގައި ހަރުކޮށްފައިވާ ސްޕީޑް ބްރޭކަރުތައް ނަގާ އާ ބްރޭކަރުތައް ބަދަލުކުރުމުގެ އިތުރުން ބަސް ދަތުރުކުރާ މަގުތަކުގައި ތިރިވެފައި ހުރި ގަސްތައް ކޮށުމުގެ ހަރކާތެއްވެސް ހިންގާފައެވެ. 

your imageމާލޭ މަގުމަތީގައި ހަރުކޮށްފައި ހުރި ސްޕީޑް ބްރޭކަރުތަކުގެ ތެރެއިން ހަލާކުވެފައި ހުރި ބްރޭކަރުތައް ނަގަނީ

މާލޭ މަގުަތައް ސާފްތާހިރުކޮށް މަގުަތަކަކީ ހިނގާ މީހުންނަށާއި ދުއްވާ މީހުންނަށް ރައްކާތެރިތަނަކަށް ހެދުމަށް މަލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަުގެ ތެރެއިން މާލޭ އެކި ސަރަހައްދުތައް ސާފުކުަރަންވެސް އެ ކައުންސިލުން ވަނީ ފަށާފައެވެ.

އެގޮތުން ބޮޑިބަތް ޕާކްތެރޭގައި ބޭނުން ނުހިފޭ ގޮތައް ހުރި ބައެއް ތަކެތި ނަގާ ސާފުކުރުމާއި އަމީނީ މަގާއި އިމާދުއްދީން ސްކޫލް ކައިރި ހުރި ގަސްތަކުގެ ބުޑު ކޮނެގެން ނަގާފައިވެއެވެ. އޭގެ އިތުރުން ބަސް ދުއްވާ ރޫޓް ތަކުގައި ހުރި ގަސްތައް ވެސް ކޮށާފައިވާއިރު މަގުަތައް ކުރެހުމުގެ މަސައްކަތްވެސް ކައުންސިލުން ވަނީ ކޮށްފައެވެ. 

އޭގެ އިތުރުން ހުއްދަ ނެތް އުޅަނދު ތަކުގައި ސްޓިކާ ޖެހުމާއި ލޯކަލް މާރުކޭޓް ގޮޅިތައް ދޮވެ ސާފު ކުރުމުގެ އިތުރުން ރަސްފަންނަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމާއި ވިލިމާލޭގެ ބައެއް މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް