ads
ައަތިއްތިޔާ އޭނާގެ ލޯބިވެރިޔާއާއެކު--
ކައިވެންޏަށް ތައްޔާރު ވާން އަދިއްތިޔާ ސޯޝަލް މީޑިއާއާ ދުރަށް ދަނީ
އަދިއްތިޔާ ނާރާޔަން ކައިވެނި ކުރަން އުޅޭ ވާހަކައަކީ މިހާރު ވަރަށް ގަދަޔަށް ދެކެވެމުން އަންނަ ވާހަކަ އެކެވެ. އެހެން ނަމަަވެސް އެކަން ފޭނުންނަށް ކަށަވަރު ވެފައެއް ނުވެ އެެވެ. މި ފަހުން އޭނާ ވަނީ އެކަން އިންސްޓަގްރާމްގައި ޔަގީންކޮށް ދީފަ އެވެ.

ލަވަކިޔުންތެރިޔާ އަދިއްތިޔާ ވަނީ އިންސްޓަގްރާމްގައި އޭނާގެ ދުވަސްވީ ލޯބިވެރިޔާ، އެކްޓްރެސް ޝްވެތާ އަގަރްވާލްއާއި އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ފޭނުންނަށް ދައްކާލާފަ އެވެ. އަދި ކައިވެންޏެއް ކުރަން އުޅޭކަން ވެސް އޭނާ އިއުލާން ކޮށްފައިވަނީ އެ ޕޯސްޓާއިއެކު އެވެ.

އަދިއްތިޔާ ބުނީ އޭނައާއި ޝުވެތާ ބައްދަލުވުމަކީ އޭނާގެ ނަސީބު ކަމަށާއި އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާ ކަމަށެވެ. އަދިއްތިޔާ ބުނީ އޭނައާއި ޝުވެތާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 11 އަހަރު ވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޑިސެންބަރު މަހު ކައިވެނިކުރަން ނިންމާފައިވާ ކަމަށެވެ.

އަދިއްތިޔާ ބުނީ އެ ދެމީހުންނަކީ އެމީހުންގެ އަމިއްލަ ދިރިއުޅުން އެހާ ބޮޑަށް ހާމަކުރަން ބޭނުންވާ މީހުން ނޫން ކަމަށާއި އެހެންކަމުން ކައިވެނީގެ ކަންކަމަށް ތައްޔާރުވުމަށް ސޯޝަލް މީޑިއާއިން ދުރަށް ދާން ނިންމާފައިވާ ކަމަށެވެ. 

އަދިއްތިޔާ އާއި ޝުވެތާ އެންމެ ފުރަތަމަ ބައްދަލުވެފައި ވަނީ އެ ދެމީހުން އެކީގައި ކުޅެފައިވާ "ޝާޕިތް" ގެ ސެޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް