ads
ފޮޓޯ: ޕޭޖްސިކްސް
ޓްރަމްޕް ހޮވިއްޖެ ނަމަ ތަރިންތައް ގައުމު ދޫކޮށް ދާނެ ކަމަށް ބުނެފި
އެމެރިކާގެ އިންތިހާބު މިހާރު ފެށިގެން ކުރިއަށް ދާއިރު މީގެ ކުރިން އިންތިހާބުތަކަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭ އެ ގައުމުގެ ފިލްމީ ތަރިން ވެސް މި ފަހަރުގެ އިންތިހާބަށް ބޮޑު ޝައުގުވެރިކަމެއް ދަނީ ދެމުންނެވެ.

އެގޮތުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ވެސް އެ ތަރިން ދަނީ މި ފަހަރުގެ އިންތިހާބަކީ މުހިންމު އިންތިހާބެއް ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް މި ފަހަރުގެ ވޯޓުލުމަށް އެދެމުންނެވެ. 

އެގޮތުން ގިނަ ތަރިންތަކެއް ސޯޝަލް މީޑިއާގައި ދަނީ ފާޅުގައި ޓްރަމްޕާއި ދެކޮޅަށް ކެމްޕެއިން ކުރަމުންކަން ވެސް ފާހަގަކުރެވެ އެވެ.

އަދި ގިނަ އަދަދެއްގެ ތަރިން މިހާރު ދަނީ ޓްރަމްޕް ދެވަނަ ފަހަރަށް ވެރިކަމަށް ހޮވިއްޖެނަމަ ގައުމު ދޫކޮށް ދާނެ ކަމަށް ވެސް ބުނަމުންނެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގައި ދުރާލާ 80 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓް ލާފައިވާއިރު އިއްޔެ ފެށި އިންތިހާބުން މިހާތަނަށް ކުރީގައި އުޅެނީ ބައިޑަން އެވެ. އެ އިންތިހާބު ވޯޓު ގުނުން މިހާރު ވެސް ދަނީ ކުރިއަށެވެ.

އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕާއި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަނެވެ. ކޮވިޑް-19 ގައި އެންމެ ހާލަތު ގޯސް ގައުމުތަކުގެ ކުރީގައި އުޅޭ އެމެރިކާއިން މިހާތަނަށް 9.2 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 227،000 މީހުން ވަނީ ބަލީގައި މަރުވެފަ އެވެ. އެހެންނަމަވެސް ރައީސް ޓްރަމްޕް ދަނީ ތަކުރާރުކޮށް އެ ބަލީގެ ސަބަބުން އެއްވެސް ގެއްލުމެއް ނެތް ކަމަށާއި ރައްކާތެރިވުމުގެ ގޮތުން ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ވެސް ވެސް ބެލުމެއް ނެތި އެމެރިކާއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރަމުންނެވެ. 

އެ ސަބަބަށްޓަކައި އެމެރިކާގެ ގިނަ އަަދަދެއްގެ ރައްޔިތުން ޓްރަމްޕް ރައީސް ކަމުން ދުރުކުރުމަށް ބޭނުންވާކަން މީގެ ކުރިން ނެގިފައިވާ ޕޯލްތަކުންވެސް ދައްކައެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޓަރަމްޕަށް ނާކާމިޔާބީއާއި ކުރިމަތިވެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައި ނުގަންނަވާނެކަމަށް ގިނަ ބަޔަކުދަނީ ބުނަމުންނެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް