ads
ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގައި--
ވެމްކޯގެ ބޯޑް މެމްބަރުން ޕީސީބީއަށް ހާޒިރު ކުރަނީ!
ވެމްކޯގެ ބޯޑު މެމްބަރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އަށް ހާޒިރުކުރަން ކުރަން އަންގައިފި އެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި ވެމްކޯގެ ބޯޑުގެ ހުރިހާ މެމްބަރުން ޕީސީބީއަށް ހާޒިރުކުރަނީ ވެމްކޯ ހިންގުމުގައި ހުރި މައްސަލަތަކެއްގެ ޝަކުވާ ޕީސީބީއަށް ހުށަހެޅުމާ ގުޅިގެންނެވެ. ފަސް މެމްބަރުން ހިމެނޭ ބޯޑުގެ ތިން މެމްބަރަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން މިއަދުގެ މެންދުރުކުރީ ވަގުތެއްގައި ވެމްކޯގެ ބޯޑް މެމްބަރުން ޕީސީބީއަށް ހާޒިރުކުރާނެ އެވެ.

ކުނި އުކާލުމުގެ ކަންކަން ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި ހިންގުމާ ގުޅުން ހުރި އެތައް މައްސަލަތަކެއް ކުރިކަމަށާއި އެކަންކަން ތަކުރާރުކޮށް އިންޓާނަލް އޮޑިޓުން ފާހަގަކޮށް މެނޭޖްމަންޓަށް ހުށަހަޅާފައިވާކަމަށް ވެ އެވެ. 

"އޮޑިޓް ކޮމެޓީ އާއި އެންއާރް ކޮމެޓީން އެކަންކަން ބަލައި މަޝްވަރާކުރުމަށް ފަހު ވެސްޓްމެނޭޖްމަންޓް ކޯޕަރޭޝަންގެ ބޯޑުގައި ތަކުރާރުކޮށް މަޝްވަރާކުރުމަށް ފަހު ވެސް އެފަދަ އެއްވެސް ކަމެއްގައި އަމަލީ ހެޔޮ ބަދަލެއް އަދާހަމައަށް، އައިސްފައިނުވޭ،" ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ކޮޕީކޮށް ޕީސީބީއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ވެމްކޯ ހިންގުމުގައި ސީޖީ ކޯޑާއި އަދި ކުންފުނީގެ ހިންގާ ގަވާއިދަށް އަމަލުނުކޮށް ގިނަ ކަންކަން ނިންމަމުންދާ ކަމަށާއި އަދި އަހަރުގެ މިހާ ހިސާބަށް އައި އިރު ވެސް ކުންފުނީގެ މިއަހަރުގެ ބަޖެޓް ފާސްނުކޮށް ބޮޑެތި ގިނަ ހަރަދުތަކެއް ކުރަމުންދާކަމުގެ ޝަކުވާ ވެސް ޕީސީބީއަށް ވަނީ އުފުލާފަ އެވެ.

ޕީސީބީއަށް ވެމްކޯގެ ބޯޑް މެމްބަރުން ހާޒިރުކުރަނީ ވެމްކޯ ހިންގުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންކަމަށް ވެ އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކީ އާދަމް މުހައްމަދެވެ. އަދި އެތަނުގެ ބޯޑު މެމްބަރުންނަކީ ފާތިމަތި އާސިޔާ އާއި މުސްތަފާ މުހައްމަދެވެ.

މިކަމާގުޅިގެން ވެމްކޯ އާއި ޕީސީބީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް