ads
ފިނޭންސް މިނިސްޓްރީ---
އާމްދަނީގެ ގޮތުގައި 11 ބިލިއަން، ޑެފިސިޓް އިތުރުވެއްޖެ
މިދިޔަ މަހުގެ 29 ގެ ނިޔަލަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި 11.384 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެގޮތުން މިދިޔަ މަހުގެ 29 ގެ ނިޔަލަށް ޓެކްސްގެ ގޮތުގައި ސަރުކާރަށް 8.770 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، ނޮން-ޓެކްސްގެ ގޮތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.147 ބިލިއަން ރުފިޔާއެވެ. އަދި ބޭރު އެހީތަކުގެ ގޮތުގައި ސަރުކާރަށް 603.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން 21.713 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މުވައްޒަފުންގެ މުސާރައަށް 8.187 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ހިންގުމުގެ ހަރަދު 6.772 ބިލިއަން ރުފިޔާއަށް އަރަ އެވެ. 

ދައުލަތުގެ ބިމާއި އެކި ތަކެއްޗަށް 6.662 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ބިން ގަތުމަށް 1.674 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އިންފްރާސްޓްރަކްޗާ އަށް 1.588 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ސަރުކާރުން އެކި ފަރާތްތަކަށް 1.030 ބިލިއަން ރުފިޔާ ދީފައިވެއެވެ.

އިންޓްރަސްޓާއި ނުލާ ދައުލަތުގެ ބަޖެޓުން 9.596 ބިލިއަން ޑެފިސިޓްވެފައިވާ އިރު، ޖުމްލަ 10.329 ބިލިއަން ރުފިޔާ މިހާތަނަށް ދައުލަތުގެ ބަޖެޓުން ޑެފިސިޓްވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް