ads
ފަރާޒް ހާން--
ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ފަރާޒް ހާން މަރުވެއްޖެ
ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް އެކްޓަރު ފަރާޒް ހާން މަރުވެއްޖެ އެވެ.

މުމާބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރާޒަށް ފަރުވާދޭން ފެށީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ.

އޭނާ މަރުވެފައިވާކަން ޕޫޖާ ބަޓް ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ފަރާޒް އެންމެން ދޫކޮށް ގޮސްފައިވާ ކަމަށާއި އޭނާއަށް އެންމެ ބޭނުންވި ވަގުތުގައި އެހީތެރިކަން ފޯރުކޮށްދިން މީހުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް ބުނެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ފަރާޒްގެ ބޭބެ ފަހްމާން ހާން ވަނީ ފަރާޒް ހޮސްޕިޓަލުގައި އެޑްމިޓްކުރުމުގެ ސަބަބުން އަތްމަތި ދަތިވެ އެހީއަށް ވެސް އެދިފަ އެވެ. އޭނާ ބުނި ގޮތުގައި ފަރާޒަށް އައިސީޔޫގައި ފަރުވާދޭން ޖެހުނީ މޭގައި އުފެދުނު އިންފެކްޝަނަކަށެވެ. ފަހުން ވަނީ އެ އިންފެކްޝަނުގެ އަސަރު ސިކުނޑިއަށް ވެސް ކޮށްފަ އެވެ. 

ފަރާޒް މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 1998 ވަނަ އަހަރުގެ މެހެންދީ އާއި 1996 ވަނަ އަހަރުގެ ފަރެބް އަދި 1999 ވަނަ އަހަރު ނެރުން ފިލްމު ދުލްހަން ބަނޯ މެއިން ތޭރީ ފަދަ ފިލްމުތައް ހިމެނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް