ads
މީރާ--
މި އަހަރު ސަރުކާރަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް
މި އަހަރުގެ މިހާތަނަށް ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށް ވުރެ ދަށްވެއްޖެ އެވެ.

މި އަހަރުގެ އޮކްޓޯބަރު 29 ގެ ނިޔަލަށް 11.4 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ އިރު، 20.4 ބިލިއަން ރުފިޔާ މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ސަރުކާރަށް 8.7 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރަށް ޓެކްސްގެ ގޮތުގައި 14.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ނަން-ޓެކްސްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ސަރުކާރަށް 2.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރަށް 5.3 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ސަރުކާރަށް އިމްޕޯޓް ޓެކްސް މެދުވެރިކޮށް އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރަށް އިމްޕޯޓް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ސަރުކާރަށް ލިބުނު އާމްދަނީ މި އަހަރު ދަށްވެފައިވީ ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ މި އަހަރުގެ މިހާތަނަށް ބީޕީޓީގެ ގޮތުގައި ލިބުނު އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ބީޕީޓީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ބީޕީޓީގެ ގޮތުގައި ސަރުކާރަށް 3.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޖީއެސްޓީގެ ގޮތުގައި ސަރުކާރަށް މި އަހަރުގެ މިހާތަނަށް 3.4 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރަށް ޖީއެސްޓީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ނަން-ޓެކްސްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ސަރުކާރަށް އާމްދަނީ ލިބިފައިވަނީ ފީ އާއި ޗާޖުތައް މެދުވެރިކޮށެވެ. އެގޮތުން ފީ އާއި ޗާޖުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 740 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ފީ އާއި ޗާޖުގެ ގޮތުގައި 1.220 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކުއްޔާއި ބިން ވިއްކައިގެން ސަރުކާރަށް މި އަހަރުގެ މިހާތަނަށް 472.8 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ކުއްޔާއި ބިން ވިއްކައިގެން ސަރުކާރަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ސަރުކާރަށް 110.1 މިލިއަން ޑޮލަރު ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް 191.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްއޯއީ ޑިވިޑެންޑާއި ފައިދާގެ ގޮތުގައި ސަރުކާރަށް މި އަހަރުގެ މިހާތަނަށް 379.7 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްއޯއީ ޑިވިޑެންޑާއި ފައިދާގެ ގޮތުގައި ސަރުކާރަށް 1.803 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެކި އެހީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ސަރުކާރަށް 603.8 މިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ސަރުކާރަށް އެހީގެ ގޮތުގައި 1.063 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަންދާޒާކޮށްފައިވާ މިންވަރަށް ވުރެ ލިބިފައިވާ އާމްދަނީ ދަށްވެފައިވާ އިރު، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް އަށް ލިބޭ މިންވަރު ދަށްވާނެކަމަށް ފިނޭންސް މިނިސްޓްރީ އިން ލަފާކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް