ads
ސުޕްރީމް ކޯޓު--
ރައީސް އާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ނުބެލޭނެ: ސުޕްރީމް ކޯޓު
ކޮވިޑް-19 އާ ގުޅިގެން ރައީސް އާއި ނައިބު ރައީސްގެ އިތުރުން، ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ އާއި، އިނާޔަތްތައް މަޖިލީހުން ހަ މަހަށް ކުޑަކުރި މައްސަލަ އަކީ ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫންކަމަށް އެކޯޓުން ހުކުމްކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައީސް އާއި ނައިބު ރައީސްގެ އިތުރުން، ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ އާއި، އިނާޔަތްތައް މަޖިލީހުން ހަ މަހަށް ކުޑަކުރަން މަޖިލީހުން ނިންމި ނިންމުން ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ ސިވިލްކޯޓުުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެވެ. 

އެމައްސަލައަކީ، ރައީސް އާއި ނައިބު ރައީސްގެ މުސާރަ އަކީ ގާނޫނުން ކަނޑައަޅާފައިވާ މުސާރައެއް ކަމަށްވެފައި، އަދި ބައެއް މިނިވަން މުއައްސަސާތަކާ ބެހޭ ގާނޫނުތަކުގައި އެ މުއައްސަސާތަކުގެ ވެރިންގެ ދައުރު މުއްދަތުގެ ތެރޭގައި މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބުނެފައިވާއިރު، ގާނޫނަށް އިސްލާހު ގެނައުމެއްނެތި އެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރަ ކުޑަކުރުމަށް މަޖިލީހުން ނިންމުމާއި ގުޅިގެން ހުށަހެޅި މައްސަލައެކެވެ. 

އެ މައްސަލަ ބެއްލެވުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، ކޯޓުތަކާ ބެހޭ ގާނޫނު އޮތްގޮތުން ސުޕްރީމް ކޯޓަށް އަސްލީ އިހްތިސާސް ލިބިގެންވަނީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ނުވަތަ ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ފަދަ މައްސަލަތައް ކަމަށެވެ. އަދި މުސާރަތައް ކުޑަކުރި މައްސަލައަކީ އެފަދަ މައްސަލައެއްކަން ހަލީމްގެ ފަރާތުން ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި އަދި އެ މައްސަލައަކީ ވަކިވަކި ފަރުދުންތަކަކާ ގުޅުން ހުރި މައްސަލަތަކެއް ކަމަށް ބުނެ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް