ads
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން މާލިއްޔަތު ކޮމިޓީގައި-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންޑީއެމްއޭ އާއި އޮޑިޓް އޮފީސް މާލިއްޔަތު ކޮމިޓިއަށް ހާޒިރުކުރަނީ
ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ހަރަދު ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފައިވާ މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އެއް ބައްދަލުވުމަކަށް އެންޑީއެމްއޭ އާއި އޮޑިޓް އޮފީސް ހާޒިރުކުރަން ނިންމައިފިއެވެ.

މިމައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ. އެގޮތުން މި ބައްދަލުވުމުގައި މައްސަލައާއި ގުޅޭގޮތުން ދެފަރާތުންވެސް ލިއުން ހުށަހަޅާފައިވާތީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވީ، އިތުރު މައުލޫމާތު ހޯދުމަށް އެންޑީއެމްއޭ އާއި އޮޑިޓް އޮފީސް އެއް ބައްދަލުވުމަކަށް ހާޒިރުކުރުމަށެވެ. މިގޮތަށް ކޮމިޓީން ފަސްކުރި ނަމަވެސް އަދި އެ ބައްދަލުވުން ބާއްވާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. 

އޮޓިޑް އޮފީހުގެ ރިޕޯޓުގައި ވާގޮތުން، އެންޑީއެމްއޭއިން ވަނީ ކޮވިޑް-19 އާއި ގުޅިގެން ހަރަދުކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައެވެ. އެގޮތުން މާލެ ސަރަހައްދުން އެކޮމޮޑޭޝަނަށް ހަމަޖެއްސި ގެސްޓްހައުސްތަކާއި އެކުު އެއްބަސްވުމެއްނެތި 34 ގެސްޓް ހައުސްއެއްގައި މީހުން ބޭތިއްބުމާއި، ގެސްޓްހައުސްތަކުގައި ތިބި މީހުންގެ މައުލޫމާތުު ކަށަވަރު ނުކޮށް ބިލުތަކަށް ފައިސާ ދައްކާފައިވުން ހިމެނެއެވެ. 

މީގެއިތުރުން އެއްބަސްވެފައިވާ ރޭޓަށް ވުރެ އިތުރަށް އެކަމަޑޭޝަންގެ ގޮތުގައި ރިސޯޓަކަށް ފައިސާ ދައްކާފައިވާ މައްސަލައާއި، ފެސިލިޓީ ތަކަށް ކެއުން ފޯރުކޮށް ދިނުމަށް ކުރި ހަރަދުތަކުގައިވެސް ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ތަކެތީގެ ސްޓޮކް ރެކޯޑުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނެތުމާއި، އޯޑަރުު ކުރި ތަކެތި ލިބުނުކަން ކަށަވަރު ނުކޮށް ތަކެތި ލިބުނު ކަމަށް ސިސްޓަމުގައި ރެކޯޑްކޮށްފައިވާ ކަމަށްވެސް އޭޖީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. 

ނަމަވެސް މިކަންކަން އެންޑީއެމްއޭއިން ވަނީ މީގެކުރިންވެސް ދޮގުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް