ads
ފިނޭންސް މިނިސްޓްރީ
އިންކަމް ސަޕޯޓްގެ ގޮތުގައި 116 މިލިއަން ރުފިޔާ
ކޮވިޑް-19 އާއި ގުޅިގެން ތައާރަފް ކުރި އިކޮނޮމިކް ރިލީފް ފަންޑުގެ ދަށުން ސަރުކާރުން އިންކަމް ސަޕޯޓްގެ ގޮތުގައި 116.1 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ ހަފްތާގައި ސަރުކާރުން ވަނީ އިންކަމް ސަޕޯޓްގެ ގޮތުގައި 116.1 މިލިއަން ރުފިޔާ 27،374 ފަރާތަކަށް ދޫކޮށްފައެވެ. އަދި އިތުރު 10،538 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އިކޮނޮމިކް ރިލީފް ފަންޑުގެ ދަށުން ސަރުކާރުން ގޭބިސީތަކުގެ ކަރަންޓު ބިލްތަކުން 48.2 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ އިރު، ފެން ބިލް ތަކަށް 10.2 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައި ވެއެވެ.

ކޮވިޑް-19 ރިކަވަރީ ލޯން ސްކީމްގެ ދަށުން މިހާތަނަށް ލޯންގެ ގޮތުގައި ސަރުކާރުން 1.15 ބިލިއަން ރުފިޔާ ދޫކޮށްފަވެއެވެ. އެގޮތުން އެސްޑީއެފްސީ މެދުވެރިކޮށް 1،955 ފަރާތަކަށް ލޯނުގެ ގޮތުގައި ޖުމްލަ 316.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު، ބީއެމްއެލް މެދުވެރިކޮށް 391 ފަރާތަކަށް ލޯނުގެ ގޮތުގައި ޖުމްލަ 551.8 މިލިއަން ރުފިޔާގެ އިތުރުން 8 މިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވެއެވެ.

ވޭތުވެދިޔަ ހަފްތާގައި އިކޮނޮމިކް ރިލީފް ފަންޑުން 1.32 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އެއީ އޭގެ ކުރީ ހަފްތާގައި ހޭދަކޮށްފައިވާ 1.15 ބިލިއަން ރުފިޔާ އަށް ވުރެ 14.7 އިންސައްތަ އިތުރު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް