ads
ޔުނައިޓެޑްގެ މަޓިޗް، ބުދަ ދުވަހުގެ ރޭގެ މެޗުގެ ތެރެއިން
ޗެމްޕިއަންސް ލީގު: ބަލިވިއަސް އެއްވަނާގައި ޔުނައިޓެޑް
ޔުއެފާ ޗެމްޕިއަންސް ލީގުގައި އިސްތަންބޫލް ބަސަކްޝެހީރް އަތުން ރަށުން ބޭރުގައި މެންޗެސްޓަ ޔުނައިޓެޑް ބަލިވެއްޖެއެވެ. ޔުނައިޓެޑް މި މެޗުން ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ.

އިސްތަންބޫލުގައި ކުޅުނު މި މެޗުގައި އިސްތަންބޫލް ބަސަކްޝެހީރުން ވަނީ ފުރަތަމަ ހާފުގެ ތެރޭގައި ޔުނައިޓެޑް ކޮޅަށް ދެ ލަނޑު ޖަހާފައެވެ. ދެ ލަނޑު ވަތް ފަހުން ޔުނައިޓެޑަށް ސުން ކަނޑުވާލަދިނީ އެންތަނީ މާޝިއަލްއެވެ. 

އިސްތަންބޫލުގައި ޔުނައިޓެޑް ބަލިވި ނަމަވެސް ކުރިން ދެ މެޗުން ހޯދި ހަ ޕޮއިންޓާ ގޯލް ތަފާތުން ޔުނައިޓެޑް އޮތީ ގްރޫޕުގެ އެއްވަނައިގަ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި އާރްބީ ލައިޕްޒިގު ވަނީ ޕީއެސްޖީގެ މައްޗަށް ރޭ ކުރި ހޯދާފައެވެ. އާރްބީ ލައިޕްޒިގު އާއި ޕީއެސްޖީ މެޗުން އާރްބީ ލައިޕްޒިގު މޮޅުވީވެސް ދެ ލަނޑު އެއް ލަނޑުންނެވެ. ޔުނައިޓެޑާ އާރްބީ ލައިޕްޒިގު މިއިން ކޮންމެ ޓީމަކަށްވެސް ހަ ޕޮއިންޓް ލިބިފައިވާ އިރު ޔުނައިޓެޑަށް ކުރި ލިބެނީ ފައިދާ ފަސް ގޯލުންނެވެ. އާރްބީ ލައިޕްޒިގުގެ ފައިދާ ގޯލެއް ނެތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް