ads
ކްރިމިނަލް ކޯޓު
ގުރައިދޫ މަރު: ތަރުޖަމާނަކު ނެތިގެން ވަކީލާ ވާހަކަނުދެއްކިފައި
ތ. ގުރައިދޫގައި މި އަހަރުގެ މޭ މަހު ބަންގްލަދޭޝް މީހަކު މަރާލި ކަމުގެ ދައުވާ ލިބޭ އެގައުމުގެ އެހެން ރައްޔިތަކަށް ތަރުޖަމާނަކު ނުލިބި، ވަކީލާ ވާހަކަނުދެއްކޭތީ ޝަރީއަތް ލަސްވާ މައްސަލަ ޖެހިއްޖެ އެވެ.

އުމުރުން 22 އަހަރުގެ ބާބުލް މިއާ ވަޅިން ހަމަލާދީ ޝާހް އަލަމް މަރާލީ މޭ 21 ވަނަ ދުވަހު ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިންގި މާރާމާރީއެއްގެ ތެރެއިންނެވެ.

ބާބުލް މިއާއާ ދެކޮޅަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައި ވާއިރު ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި އޮތީ ހެކިބަސް ނެގުމެވެ. 

ނަމަވެސް ބާބުލް މިއާގެ ތަރުޖަމާނަކު ނެތުމުން ދައުލަތުން ހަމަޖައްސައިދިން ދިފާއީ ވަކީލާ ވާހަކަދެއްކޭނެ ގޮތެއް ނެތް ކަމަށް ވަކީލު މިއަދުގެ އަޑުއެހުމުގައި ބުންޏެވެ. 

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ތަރުޖަމާނަކާ ވާހަކަދެއްކުމަށް ދިފާއީ ވަކީލަށް ފުރުސަތު ދިނުމަށާއި ދެން އޮންނަ އަޑުއެހުމެއްގައި ހެކިބަސް ނެގުމަށް އިއުތިރާޒެއް ނެތް ކަމަށް ބުނެފަ އެވެ. 

އެހެންކަމުން ގާޒީ ވަނީ ތަރުޖަމާނެއްގެ އެހީގައި ފުރިހަމައަށް ތައްޔާރުވުމަށް ފުރުސަތު ދެއްވާފަ އެވެ. އަދި ހެކިބަސް ނެގުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ އަޑުއެހުމުގައި ކަމަށް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ބާބުލް މިއާއަށް ވާހަކަ ދައްކަން ދިން ފުރުސަތުގައި ތަރުޖަމާނަކު މެދުވެރިކޮށް އޭނާ ވަނީ ޝަރީއަތް ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް