ads
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް
"ކުޑަކުދިންނާއި މެދު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާ ޤާނޫނުއަރާ ހަމަކުރާނެ"
ކުޑަކުދިންނާއި މެދު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާއި ޤާނޫނުއަރާ ހަމަކުރާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންނާއި މެދު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާއި ޤާނޫނުއަރާ ހަމަކުރާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދީނުގެ ނަމުގައި ހަރުހަށި ފިކުރު ފެތުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ކުޑަކުދިންނާއި މެދު އަނިޔާވެރިވާ މީހުންނަށް ޤާނޫނުއަރާ ހަމަކުރާނެ ކަމަށް ޝިދާތާ ކުރެއްވި ޓްވީޓްގައި ވެއެވެ.

"އިސްލާމް ދީނުގެ ރިވެތި މަތިވެރި އުސޫލުތައް ކިލަނބުކޮށް ދީން އައްޑަނަޔަކަށް ހަދައިގެން ކުޑަކުދިންނާއި މެދު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާ ޤާނޫނު އަރާ ހަމަކުރާނެ" ޝިދާތާގެ ޓްވީޓްގައި ވެއެވެ.



ޝިދާތާ މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، ދާދި ފަހުން ވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާއި ކޯޓުން ބޭރުން ކައިވެނި ކޮށްގެން އުޅޭވާހަކަތަކެއް ފެންމަތިވެފައެވެ. އަދި ފުލުހުންނާއި ޖެންޑާ އިން މިއަދު ބުނެފައިވަނީ، ކޯޓުން ބޭރުން 13 އަހަރުގެ ކުއްޖަކާއި ކައިވެނި ކޮށްގެން އުޅުނު ކަމަށް އަޑުފެތުރު ކުއްޖާއާއި ކައިވެނީގެ ނަމުގައި އެއްވެސް މީހަކު ގުޅިގެން އުޅޭކަން އެނގެން ނެތް ކަމަށެވެ.

އަދި ބުނެފައިވަނީ އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްޚީ ހައްގުތަކުން މަހުރޫމް ކޮށްފައިވާ ކަމުގެ މައުލޫމާތު މިދިޔަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެ މައްސަލަ ޖެންޑާ އާއި ފުލުހުން ގުޅިގެން ބަލަމުން ދާކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް