ads
ފިޗް ރޭޓިން--
ފިޗުން ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ދަށްކޮށްފި
ފިޗް ރޭޓިންގްސް އިން ރާއްޖޭގެ ކްރެޑް ރޭޓިން "ސީސީސީ" އަށް ދަށްކޮށްފި އެވެ.

މިއީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިއަހަރުގެ ތެރޭގައި ދަށްކުރި ދެވަނަ ފަހަރެވެ. މިފަހަރު ސީސީސީއަށް ބަދަލުކުރިއިރު އެއީ ގައުމުތަކަށް ދަރަނި އަދާނުކުރެވުމުގެ ބިރު ބޮޑުވުމުންދޭ ރޭޓިން އެކެވެ. އަދި އެއަށް ވުރެ ރޭޓިން ދަށްވެއްޖެނަމަ އޭގެ މާނައަކީ ދަރަނި ނުދެއްކި ޑީފޯލްޓްވެފައިވާ ކަމެވެ.

އެންމެ ފުރަތަމަ މިއަހަރު ފެށުނުއިރު ފިޗުން ރާއްޖެއަށް ދީފައި ވަނީ "ބީ ޕްލަސް" ގެ ރޭޓިންއެއް ނަމަވެސް ކޮވިޑާއެކު ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިގްތިސޯދު ހީނަރުވުމުގެ ސަބަބުން ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އަށް ބަދަލުކޮށްފަ އެވެ. 

ފިޗް ރޭޓިން އިން ބުރާސްފަތި ދުވަހު ނެރުނު ރާއްޖޭގެ ރޭޓިންގައިވާ ގޮތުން މިހާރު ރާއްޖެގެ ރޭޓިން ސީސީސީގައިވާއިރު އެގޮތަށް އެކަން ދިމާވީ ފަތުރުވެރިކަން ހުއްޓި ބޭރު ފައިސާ ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ގިނަ ލޯނުތަކެއް ނެގުމުންނެވެ. 

ފިޗުން އަންދާޒާކުރާ ގޮތުގައި މިވަގުތު ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރަކީ 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސް އާއި ސުނާމީއާ ގުޅިގެން ވެސް އިގްތިސޯދަށް ނުލިބޭ ވަރުގެ ބޮޑު ގެއްލުމެކެވެ. އަދި ޖުލައި 15 ގައި ސަރުކާރުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިން އަންނަން ފެށި ނަމަވެސް ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅޭނެ ކަމަށް އަންދާޒާކުރަނީ 2022 ގަ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދަމުން އަންނަނީ ފިޗުގެ އިތުރުން މޫޑީސް އިންވެސްޓާ ސާވިސް އިންނެވެ. މޫޑީސް އިން ވަނީ މެއި މަހުގެ ތެރޭގައި ރާއްޖެއަށް ކުރިން ދީފައިވާ ބީ2 ރޭޓިން ބީ3 އަށް ދަށްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް