ads
ޕުޓިން--
ޕުޓިން އިސްތިއުފާދޭން އުޅޭ ވާހަކަ ދޮގުކޮށްފި
ރަޝިޔާގެ ރައީސް ވްލެޑެމިއާ ޕުޓިން، މަގާމުން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ފެތުރެމުންދާ އަޑުތައް ތަރުޖަމާނު، ދްމިތުރީ ޕެސްކޯވް ދޮގު ކުރައްވައިފި އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޕުޓިން ވަނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުގެ ސަބަބުން މަގާމުން އިސްތިއުފާދޭން ނިންމާފަ އެވެ. އެކަމަކު އެ ރިޕޯޓްތައް ޕުޓިންގެ ތަރުޖަމާނު ޕެސްކޯވް "އަލް ޖަޒީރާ" އަށް ވަނީ ދޮގުކުރައްވާފަ އެވެ. 

އަދި ވިދާޅުވީ ޕުޓިންގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށެވެ.  

އެގޮތަށް ވިދާޅުވިއިރު ދަ ސަންގައިވާ އޭގެ ކުރިން ވަނީ އަންނަ އަހަރުގެ ތެރޭގައި ރައީސްކަމުގެ މަގާމުން ޕުޓިން އިސްތިއުފާ ދެއްވުމަށް ވިސްނަވަމުން ގެންދަވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އެ ނިންމެވުން ނިންމެވީ އޭނާއަށް ދިމާވެފައިވާ ނާރުގެ ބޮޑު މައްސަލައަކާ ގުޅިގެން ކަމަށް ވެސް ބުނެ އެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުން މިހާރު ބަލީގެ އަސަރުތައް ވެސް ފެންނަން ފަށާފައިވާ ކަމަށް ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް